ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް ވައުދަކާއިއެކު ދެއްވީ، ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ: ފޮޓޯ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ބާއްވާ ރިޔާސީ ބޮޑު ތަފާތަކާއި އެކު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ، ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކެމްޕެއިން ޖަލްސާތައް ކުރިޔަށް ގެންދަވަނީ ރައީސް ސާލިހެވެ. އެގޮތުން ށ. އަތޮޅުގައި އިފްތިތާހު ކުރި “‘އުފާވެރި އަމާން ރާއްޖެ” ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު މިހާރު ވަނީ މ. އަދި އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.

އެއަށްފަހު މިއަދު ރައީސް ސާލިހު ދަތުރު ކުރައްވަމުންދަނީ ހއ. އަތޮޅަށެވެ. އެގޮތުން ތުރާކުނަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެމަނިކުފާނު ވަނީ ތުރާކުނަކީ އާބާދީ ބޮޑު ނޫން އަދި އެހެން ރަށްތަކާއި ތަށްކޮޅެއް އެކަހެރިކޮށް އޮތް ރަށެއްކަމަށް ފާހަގަކޮށް، ރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި ހުރީ ކުރީގެ ސަރުކާރުތަކުން ތަފާތުކުރުން ގެންގުޅޭތީކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މީގެ ކުރީގައި ހިންގާފައި ވަނީ އަމިއްލަ މީހެއްގެ އިސްނެއްގެވުމުގެ މަތިންނެވެ. ނަމަވެސް 2018 ވަނަ އެމްޑީޕީން ގެނައި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ތުކުރާކުނާއި އެހެން ވެސް އާބާދީ ކުޑަ ރަށްރަށުގައި މަޝްރޫއުތައް ހިންގިންކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ހިތުން އަޅުގަނޑުމެން މި އެދޭ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމުގައި މި ކުރާ މަސައްކަތުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ދެއްވަން.

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގެވިކަމަށް ފާހަގަކޮށް ރައީސް ވަނީ މިއަދު އެ ރަށުގެ ފުޓް ބޯޅަ ދަނޑު ހުޅުވައިދެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ރަށުން ލިބެން ނެތް ހިދުމަތްތައް އެހެން ރަށްރަށުން ހޯދުމަށް ފަސޭހަ ކޮށްދިނުމަށް ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ނިޒާމު ވަރަށް ރަނގަޅަށް ހަރުދަނާ ކަމާއިއެކު ހިންގަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހެޔޮ އަގުގައި ދަތުރުތައް ކުރެވޭނެކަމަށް ވިދާޅުވެ ރައީސް މިކަން ފާހަގަކުރެއްވީ ސިއްހީ ހިދުމަތްތައް ހޯދުމަށް މިކަމުގެ ސަބަބުން ތުރާކުނުގެ ރައްޔިތުންނަށް ފަސޭހަވިކަމެއްގެ ގޮތުގައިއެވެ.

މީގެ އިތުރުން ތައުލީމީ ނިޒާމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ތިބެގެން ތައުލީމު ލިބޭނެ ގޮތް ހޮދުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި ހިލޭ ޑިގްރީގެ ސިޔާސަތު ފަހަގަކުރައްވާ، ހިލޭ ޑިގްރީ ސިޔާސަތުގެ ދަށުން 18،000 ކުދިން ކިޔަވަމުންދާކަމަށް ވިދާލުވެ، މީގެ ތެރޭގައި 13 ކުދިން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަގާރަކީ ޓޫރިސްމައަށް ޙާއްސަކޯށްފައި އޮތް ރަށެއް ނަމަވެސް، ކައުންސިލާއި، ރައްޔިތުންގެ އެދުމާއި އެއްގޮތަށް ތުރާކުނު ވަގާރު މި ރަށުގެ އިހުތިސާސްގެ ތެރެއަށް ލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ބަނދަރު ބޮޑުކޮށްދެއްވާނެކަމަށާއި، އަދި ތުރާކުނުގެ ބިން ހިއްކައިދެއްވާނެކަމަށްވެސްް ރައީސް ވައުދުވެލެއްވިއެވެ. އަދި ވައުދުވީ ގޮތަށް މިހާރު މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ރާއްޖޭގެ ހުރިހާ ތަނެއްގެ އަގުލަބިއްޔަތު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: