ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވިދާޅުވީ ކޯލިޝަންގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ތަފާތު ކުރުން ނުގެންގުޅުއްވާކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ: ފޮޓޯ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވެރިކަމަށް އައި ކޯލިޝަނަކާއިއެކު ނަމަވެސް، އެކުގައި އެކުލަވާލި މެނިފެސްޓޯ ތަންފީޒުކުރުމުގައި އެއްވެސް ޕާޓީއެއް ތަފާތު ނުކުރައްވަންކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިންގައި  ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުލިގަމަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވިދާޅުވީ އުލިގަމަށް ބޭނުންވެފައި ހުރި ކަންކަމުގެ ވަރަށް ގިނަ ކަންކަން އެމަނިކުފާނާއި ހިއްސާކޮށްފައިވާކަމަށާއި، އަދި އޭގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެނެކަމަށް ވައުދުވީންކަމަށެވެ. އެއީ މި ސަރުކާރުގެ ޖަޒީރާ ރާއްޖެ ޕްލޭންގައި، ކުދި އަދި ބޮޑު ރަށެއް ނުބަލާާ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމަށްވެފައިވާ ވައުދުގެ ދަށުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަދާއި ހަމައަށް އައިރު ރައްޔިތުން އެދުނު ގިނަ ކަންްތައްތަކެއް މިހާރު ވަނީ ނިމިފައިކަމަށާއި، އެއީ ސަރުކާރުގެ ކެބިނެޓާއި، އަދި އެހެނިހެން ބޭފުޅުންގެ މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ. މިއީވެސް ކޯލިޝަނަކާއިއެކު ވަޑައިގެން ސަރުކާރެއްކަމަށާއި، ނަމަވެސް ތަންފީޒު ކުރީ އެއް މެނިފެސްޓޯއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އެއްވެސް ޕާޓީއެއް ތަފާތު ނުކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި ތާއީދު ކުރި ރަށްރަށާއި، ތާއީދު ނުކުރާ ރަށްރަށްވެސް ތަފާތު ނުކުރައްވަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑު ތިލަދުއްމައްޗަށް އަޅުގަޏޑުމެން މި ގެންނަނީ ބޮޑު ބަދަލެއް. ހެޔޮ ބަދަލެއް. އުލިގަމުވެސް ތުރާކުނުވެސް ހޯރަފުށިވެސް ދިއްދޫވެސް އިހަވަންދޫވެސް ހަނިމާދޫވެސް މިހެން ގޮސް މި ހުރިހާ ރަށެއް އެއްކޮށްލީމަ، އަޅުގަނޑުމެން މިއިން ޒަމާނަކު ނުގެންނަ ތަރައްގީ ގެންނާނަން.

ރަށުގެ ރައްޔިތުން އެދުނީ ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަށް ނަމަވެސް، ރަށަށް ފެނުގެ ނިޒާމްވެސް ބޭނުންވާތީ އެކަންވެސް ގާއިމްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަ ކުދިންގެ ޕާކާއި، އިންޖީނުގެ އާއި، ފެނަކަ އިމާރާތްވެސް މި ސަރުކާރުން ގާއިމް ކޮށްދެއްވާފައިވާކަމަށާއި، އަދި ބަނދަރުގެ މަސައްކަތްވެސް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަނދަރު ހެދިގެން ދާއިރު ޔޮޓް ފަހަރު ކައިރި ކުރެވޭނެ، އިންތިޒާމް ގާއިމް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އުލިގަމަކީ ޓޫރިޒަމަށް ފައްކާވެފައި އޮތް ތަނެއްކަމުން، އެ ވިސްނުމުގައި 2008 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން، އޭރުގެ ވެރިކަމުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ފެށި ނަމަވެސް، އޭގެ ކުރިން ކުރަން ޖެހޭ ކަންކަންކޮށްފައިނުވާކަމަށް ވިދާޅުވެ ރައީސް ވަނީ ނަމަވެސް މިހާރު އުލިގަމު އޮތީ ޓޫރިޒަމަށް ފައްކާވެފައިކަމަށް ވިދާޅުވެފައެވެ. އަދި އެއާއިއެކު އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: