ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަށް ރާއްޖޭގެ ކަންކަން ނުބެލެހެއްޓުނީ މަޖިލީސް ކޮންޓްރޯލްކުރަން މަޖުބޫރުވުމުން: ނަޝީދު

އީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ދިވެހިރާއްޖޭގެ ކަންކަން ނުބެހެލެއްޓެވޭކަމަށާއި އެހަން ކަން ވަމުންދަނީ މަޖިލީސް ކޮންޓްރޯލް ކުރައްވަން ޖެހިވަޑައިގަންނަވާތީކަމަށް ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުގެ ދަރަންޏަކީ “ދިސިޕްލިނިންގް” ނުވަތަ ވަކި އަތަކަށް މީހުން ލެންބުމުގެ އެޖެންޓެއްގެ ގޮތުގައި ބޭނުންކުރެވިގެންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާއިން މަސައްކަތްތަކެއް ކުރެވެމުންދާ މަންޒަރު ފެނިގެން ނުދަނީ އެ ސަަބަބަށްޓަކައިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގެސްޓު ހައުސެއް އެޅުމަށް ރަށެއްގައި ތިބި ބަޔަކަށް ލޯނެއް ދިނުމުން ގެސްޓުހައުސް އަޅައި ނިމިގެން އެކަމުގެ ސަބަބުން އާމްދަނީ އެއް ލިބި ލޯނު އަނބުރާ  ދެއްކިގެންދާ މަންޒަރު ފެނިގެން ނުދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ކަންވަމުންދަނީ ނުބެލެހެއްޓޭތީކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނުބެލެހެއްޓެނީ ރައީސްއަށް މަޖިލީސް ކޮންޓްރޯލް ކުރައްވަން ޖެހިވަޑައިގަންނަވާތީކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ނިޒާމީ މައްސަލައެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައިވެސް މަޖިލީހުގެ މެމްބަރުންނާއި ގާތްކަން ބާއްވަން ޖެހުނުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރުހުން އިންތިހާއަށް ބޭނުންވާނެކަމަށެވެ. އަދި މަޖިލީހާއި ނުލައި ސަރުކާރު ހިންގޭނެ ތަނެއްވެސް ނާންނާނެކަމަށާއި ރައީސްއަށް ރުހުން ހޯދަން ޖެހިވަޑައިގަންނަވަނީ އެ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރުހުން ހޯދަން ޖެހިވަޑައިގަންނަވަނީ ވަރަށްވެސް ނޭދެވޭ ގޮތްތަކުގައިކަމަށެވެ.

އެމަނިކފާނު ވިދާޅުވީ، ރައީސް އެ ރުހުން ހޯއްދަވަމުންދަނީ ހިންގާ މަސައްކަތްތަކުގެ ކޮންޓްރެކްޓު ބޭނުންކުރައްވައިގެން ނުވަތަ އެހީތެރިކަމެއް ފޯރުއްވައިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ތަރައްގީއަށް އެޅިގެންދާ ބޮޑު ހުރަހެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ޖަވާބު ދާރީ ކުރެވެންޖެހޭނެކަމަށާއި ފައިސާއަކީ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ފާހަގަވާންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފެށިފައިވާ މަސައްކަތްތައް ނިންމެނީ އިތުރު ދައުރެއް ލިބިގެންކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާ އަޑު އިވިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އިތުރު ދައުރެއް ލިބިގެންދިޔަނަމަވެސް ރައީސް ސާލިހަށް އެއް މަސައްކަތްތައް ނުނިންމޭނެކަމަށާއި އެއީ އެމަނިކުފާނާއި އެއްބަސްވުމެއް ނެތި ފެށި މަސައްކަތެއްކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: