ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު އިހަވަންދޫއަށް ވަޑައިގަންނަވާތީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް ބެނާ ދަމަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހއ އިހަވަންދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގެ ވާދަވެރި ފަރާތްތަކުން އެމަނިކުފާނަށް ފާޑު ކިޔާ ބެނާތައް ދަމައިފިއެވެ.

ރައީސް ސާލިހު ހއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ އެންމެ ފަހު މަންޒިލަކީ ހއ އިހަވަންދޫއެވެ. އިހަވަންދޫގައި އިދިކޮޅު ފަރާތްތަކުން ރައީސް ސާލިހަށް ފާޑު ކިޔާ ބެނާތައް ނެގުމަށް ރޭ ފަށާަފައިވާއިރު، ބައެއް ބެނާތަކުގައި ހަޑި ހުތުުރު ބަސްތައް ބޭނުންކޮށްފައިވާތީ ފުލުހުން އަންނަނީ އެފަދަ ބެނާތައް ނަގަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ރައީސް ސާލިިހު ވަޑައިގެންނެވި ގިނަ ރަށްތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް، އަޑުގަދަކުރި ނަމަވެސް ރިޔާސީ އިންތިޙާބަށް މިހާރު ރައީސް ކުރައްވަމުން މިދާ ދަތުރުފުޅުގެ ތެރެއިން މި މަންޒަރު ފެނިފައިވަނީ ވަރަށް މަދުންނެވެ.

ނަމަވެސް އެމަނިކުފާނު މ އަތޮޅަށް ކުރެއްވި ދަތުރުފުގެ ތެރެއިން މުލަކުގައި، މީހަކު ވަނީ އެމަނިކުފާނުގެ ކުރިމަތީގައި ހުރެ ވަރަށް ބޮޑަށް ފާޑު ކިޔާ ހަޑީ ހުތުރު ބަސްތައް ބޭނުންކޮށްފައެވެ.

މިކަމަށް ފާޑު ވިދާޅުވެ ރައީސް ސާލިހު ވާހަކަދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގައި ޒަމާނީ ޑިމޮކްރެސީ އޮތް ނަމަވެސް ވާދަވެރިންގެ ފަރާތުން ފެނަނަމުންދަނީ 2000 އަހަރުތަކުގެ މަންޒަރުކަމަށެވެ. އަދި އެމަނިކުފާނު ގޮވާލީ އެކަން ހުއްޓާލާ، ވާދަވެރި ރަނގަޅު ކެމްޕެއިންއެއް ކުރެއްވުމަށެވެ.

ރައީސް ސާލިޙާއިއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓިގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށްފައިވާއިރު، އިމްރާން ވިދާޅުވީ މުޒާހަރާކުރުމަކީ ހަމައެކަނި އޮތް ސިޔާސީ ހަރަކާތްކަމަށް ދެކިގެން އެކަން ކުރަނީނަމަ، އެ ފުރުސަތު މި ސަރުކާރުން ނުދޭނެކަމަށެވެ. މުޒާހަރާކުރުން މަނާކުރާނެފަދަ މޭރުމަކުން އިމްރާން ވާހަކަދައްކަވާފައިވާތީ، އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: