ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޒުވާނުންގެ އެއްބާރުލުން ބޭނުން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީ، ޑިމޮކްރެޓްސް އަދި އެމްއެންޕީއިން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައިވާކަމަށް މީޑިއާތަކާއި ހިއްސާކުރެއްވުމަށްފަހު، ޖޭޕީއިންދަނީ ގާސިމްގެ ރިޔާސީ ކެމްޕެއިންގެ މަސައްކަތްތައް ވަރުގަދަކުރަމުންނެވެ. އެ ޕާޓީއިންވަނީ އެކި ގޮތް ގޮތުގައި ކެމްޕެއިން ހަރަކާތްތައް ހިންގާފައެވެ. ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޒުވާނުންގެ ވޯޓުވެސް ނުހަނު ބޭނުންވެވަޑައިގަންނަވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ބައްދަލުވުމަށްޓަކައި އެންމެހާ ބައިވެރިންނަށްވެސް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ބައިވެރިވި ޖޭޕީގެ ހަރަކާތެއްގެ ފޮޓޯތައް ހިއްސާކުރައްވާ ގާސިމް ކުރެއްވި ޓްވީޓްގައި ވަނީ ޒުވާނުންނަށް ދަތިތަކެއް ކުރިމަތިވެފައިވާކަން އެނގިވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އަދި އެފަދަ ދަތިތަކުގެން އަރައިގަނެވޭނީ ގައުމު ހިންގުމުގެ ތަޖުރިބާ ހުރި ވެރިޔަކު ގައުމުގެ ރައީސްކަމަށް އިސްކޮށްގެންކަމަށެވެ.

ޒުވާނުންގެ އެއްބާރުލުން ބޭނުންވެވަޑައިގަންނަވާކަން ގާސިމް ހިއްސާކުރެއްވިއިރު، ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުމުގެ ވިސްނުންތައް ހުރިކަންވެސް ޖޭޕީއިންވަނީ މީގެކުރިން ހިއްސާކޮށްފައެވެ. އެގޮތުން ޖޭޕީގެ ވެރިކަމެއްގައި ވަޒީފާއެއް ނުލިބިފައި ހުރި އެއްވެސް ޒުވާނަކު ނުހުންނާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: