ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މައްސަލައަކީ ގައުމުގެ މިނިވަންކަން ގެއްލުވައިލުން: ޝިޔާމް

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ ،މެމްބަރު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގައުމުގެ މިނިވަންކަމަށް އަރައިގަތުމަށް ބަޔަކު ކުރާ މަސައްކަތް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އެޅިފައިވާ ހުރަހަކީ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް ކަންތައް ކަމަށެވެ. އެ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު ފިޔަވައި އެކަމަށް މަސައްކަތް ކުރާ އިތުރު ލީޑަރަކު ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް އިން ކުރާ މަސައްކަތަކީ ގައުމީ ކަމެއްކަން ފާހަގަކުރައްވައި އެކަމަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅުމަށް ޝިޔާމް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރަން ގޮވާލާ ގޮވާލުމަކީ ޣައިރު ގާނޫނީ އަމުރުތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުވާލައިފައިވާ ކަމަށާއި ހުރިހާ ކަމެއްވެސް ކުރަނީ އިންޑިއާއިން ކަމަށް ވިދާޅުވިއެވެ.

” ދިވެހިރާއްޖެ މިއަދު މިއޮތީ އިންޑިޔާގެ ބެކްޔާރޑަކަށް ވެފައި” ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަލިކުގެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެމީހުން ދިރިއުޅެމުން ގެންދަނީ ދިވެހިރާއްޖޭގައި 80 ގެ އަހަރުތަކުގައި މީހުން ދިރިއުޅެމުން ދިޔަ ގޮތަށް ކަމަށެވެ. އަދި މަލިކުގެ ރައްޔިތުން ބޭނުންވާ ތަރައްގީގައި ވަނީ އަތްއަޅާފައި ކަމަށެވެ.

އިންޑިޔާއިން ދިވެހިރާއްޖޭގެ ކަންކަމަށް ވަދެފައި ވަނީ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ ވަރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ މިނިވަންކަން ގެއްލިފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ނިޒާމާއި އިންޑިޔާގެ ނިޒާމާ ބޮޑުތަނުން ތާފާތު ވާއިރު މިނިވަން ހުރިހާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރަން އިންޑިޔާއަށް ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ އިންޑިޔާގެ “ދަރަނި ދަންތުރަ” އެއްގައި ޖެހިގޮސް ހުސްވެފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބުރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ތަނެއް ގާއިމްކުރާނަމަ އިންޑިޔާއާ އެކު ބޮޑު އެގްރިމެންޓަކަށް ދާންޖެހި އެތައް ކަންތައްތަކެއް ދޫކޮށްލަން ޖެހޭ ކަމަށެވެ. ދިވެހިރާއްޖެއަކީ ގައުމުގެ ރައްޔިތުންގެ ބޮލުގެ ނިސްބަތުން ބަލާނަމަ ބޮޑު އާމްދަނީއެއް ލިބޭ ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު ލިބޭ އާމްދަނީން އެހެން ގައުމަކަށް އަޅުވެތި ނުވެ ލޯނާއި ހިލޭ އެހީގައި އުޅެވޭނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނު 1.3 ބިލިއަނަށްވުރެ ދަށުގައި އުޅޭއިރު އިންޑިޔާއިން މިހާރު ނަގާފައިވާ ދަރަނީގެ އަދަދަކީ 2.8 ބިލިއަން ޑޮލަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަރަނި ނަންގަވައިގެން ކުރެއްވި ކަންތައްތައް ފެންނަން އޮތްއިރު މިސަރުކާރުން ކުރި ކަމެއް ފެނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމުން އެކުލަވައިލާފައިވާ ޚާއްސަ ކޮމިޓީން މިސަރުކާރުންވާ ޚިޔާނާތްތައް ބަލަމުން ގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: