ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަކީ ޒުވާންކަމާއި އެކީގައި ކޮށްދެވޭނެ މަސައްކަތެއް، ރައީސް ޞާލިހް މުސްކުޅިވެއްޖެ:ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަކީ ޒުވާންކަމާއި އެކީގައި ކޮށްދެވޭނެ މަސައްކަތެއްކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މުސްކުޅިވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ގައުމު އެދި ގޮވަނީ ޒުވާން ވެރިއަކަށްކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަން ކުރައްވާ ވަރަށް ވުރެ މުސްކުޅިފުޅު ވެއްޖެ ކަމަށާއި، ވެރިކަން ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ތަންނުދެއްވާކަމަށް ވިދާޅުވިއެވެ.

މިއަދު ދިވެހި ޤައުމު އެދި ގޮވަނީ ޤާބިލު، ޒުވާން ވެރިކަމަކަށްކަމަށާއި، ވަކިވަރަކަށް މުސްކުޅިފުޅުވެ ގައިބާރު ދެރަވެ، ސިއްޙީ ޙާލުކޮޅު ދަށްވުމުން ދެން ވެރިކަން ކުރެއްވުމަކީ އެ ވެރިކަމަކުން ރައްޔިތުންނާއި ގައުމަށް ފައިދާކުރާނެ ވެރިކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

ދެވަނަ ދައުރެއް ހޯއްދެވުމަށް، ކެމްޕޭނު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިސާލެއްގެ ގޮތުގައި ނަންގަވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނަވަނީ “މުށެއް ގެ ބޭސް” ފަރިއްކުޅުވައިގެން ކަމަށެވެ. އަދި ވެރިކަމަށް ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ތަން ނުދެއްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެ ޙާލަތުގައި ގައުމު ބިނާ ކުރުމުގެ އާ ވިސްނުންތަކާއި ޕްލޭނުތައް ނުނެރުއްވުމަށްވެސް ރައީސް ޞާލިހްއަށް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ.

އަދި އެމަނިކުފާނަކީ އެއްވެސް އިރެއްގައި ވެރިކަމުގައި އިއްޒަތާއި ލައްޒަތާއި ބޭނުންވި ބޭފުޅެއް ނޫންކަަމަށް އަމިއްލަފުޅަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނޫން ބޭފުޅަކު ޕްރައިމަރީގައި ވާދަކުރެއްވުަމށް ފުރުޞަތު އެޕާޓީއިން ހުޅުވާލައްވާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދު ވާހަކަފުޅު ފެއްޓެވި ވަގުތު އެޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި މުހާތަބު ކުރެއްވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިލްޔާސް ލަބީބް އަކީ ޒުވާން އިލްމުހުރި ގާބިލް ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އަދި މިހާރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ގިނަ ބޭފުޅުންގެ ެތެރޭގައިވެސް އެންމެ ގާބިލް ބޭފުޅާއަކީ އިލްޔާސް ލަބީބް ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ކެމްޕޭން ދަތުރުތަކަށް ބަލާލުމުންވެސް އިލްޔާސް އާއި ރައީސް ޞާލިހް އާއި ހުރި ތަފާތު ފެންނާނެކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގައި އިލިޔާސް ލަބީބު ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: