ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބާބީ” ފިލްމް : އެއީ ކުޑަކުދިންނަށް އެކަށީގެންވާ ފިލްމެއްތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ބާބީ އަކީ އެންމެންގެ މެދުގައި ވެސް ލޯބި އޮންނަ ކެރެކްޓާއެކެވެ. ބާބީ ބަލަމުން އަދި ކުޅެމުން ބޮޑެތިވި އެންމެންނަށް އެއީ ” ސްޓައިލް އައިކަން” އެކެވެ. އެކަމަކު ޑައިރެކްޓަރު ގްރެޓާ ގަރްވިގްގެ އައު ފިލްމަށް މިކަން ދިމާވަނީ މިހެން ހެއްޔެވެ؟ އައިކޮނިކް ޓޯއީގެ ވާހަކަ ކިޔައިދޭ އޭނާގެ ބާބީ ފިލްމަކީ ކުޑަކުދިންނަށް އެކަށީގެންވާ ފިލްމެއްހެއްޔެވެ؟

ބާބީގެ ރޯލުން މާގޮޓް ރޮބީ އަދި ކޭންގެ ރޯލުން ރަޔާން ގޯސްލިން ފެނިގެންދާ މި ފިލްމުގެ ސަބަބުން ބާބީ ޕޮޕްއަޕްތަކާއި އިވެންޓްތަކާއި ތަޖުރިބާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އުފެދިފަ އެވެ. މި ފިލްމަކީ ކުޑަކުދިންނަށް ވެސް އެކަށީގެންވާ ފިލްމެއްތޯ، ގިނަ އަދަދެއްގެ މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

އާއިލާތަކާއި ބެލެނިވެރިންނަށް ހާއްސަ ފިލްމުތަކާއި ޓީވީ ޝޯތަކުގެ ޕޮޑްކާސްޓްތަކާއި ފޮތްތައް ރޭޓްކުރާ މިނިވަން ސައިޓުން “ބާބީ” ފިލްމުގެ ރިވިއު އާންމުކޮށް “ޕޮސިޓިވް މެސެޖްސް” އާއި “ޕޮސިޓިވް ރޯލް މޮޑެލްސް” އަށް މަތީ މާކްސް ދިން ނަމަވެސް “ޑްރިންކިން، ޑްރަގްސް އެންޑް ސްމޯކިން” އަދި “ވަޔަލެންސް ސްކާނެސް” ފަދަ އެހެނިހެން އައިޓަމްތަކަށް ވަނީ ރަތް ދިދަ އުފުލައިފައެވެ.

“ކޭންސްގައި ވަރަށް ގިނަ “ބްރޫސްކީސް” (ބިޔަރު) އަދި ރަތް ތަށިތައް ވެސް ހުންނަ އިރު، ޕާޓީގެ މަންޒަރަކުން ފެންނަނީ ޕްރައިމަރީ ކޭން ވައިން ބިއްލޫރިއެއް ފަދަ އެއްޗެއް ހިފަހައްޓައިގެން ހުރި މަންޒަރު” ރިވިއުގެ ބައެއް މީހުން ބުނެފައިވެ އެވެ.

މި ފިލްމަށް ސައިޓުން ފަސް ތަރިންގެ ތެރެއިން ހަތަރު ތަރި ލިބުނު އިރު، މި ފިލްމަކީ “ސޮފިސްޓިކޭޓެޑް ތީމްތަކާއި ސްކްރިޕްޓް ހިމެނޭ ހުނަރުވެރި ކުލަގަދަ ކޮމެޑީއެއް” ކަމަށް ބުނެފައިވެ އެވެ. އަދި ދަރިން ގޮވައިގެން ފިލްމަށް ދާން ޚިޔާރުކުރާ ބެލެނިވެރިން އަންހެނުންނާއި ފިރިހެނުންގެ ތަފާތު ރޯލުތަކާ ބެހޭގޮތުން “ބާބީގެ މެސެޖް” ގައި ބުނެފައިވާ ވާހަކަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ވެސް ވަނީ ލަފާދީފަ އެވެ.

” މި ފިލްމަކީ ގިނަ އެނިމޭޓެޑް ބާބީ ފިލްމްތަކެއް ކަހަލަ ފިލްމެއް ނޫން، އަދި އޭގެ ސޮފިސްޓިކޭޓެޑް ތީމްތައް ޓްވީންސް އާއި ކުޑަކުދިންނަށް ވުރެ ޓީނޭޖްންނާއި ބޮޑެތި މީހުންނާ އެކު މާ ރަނގަޅަށް ލޭންޑް ވެދާނެ،” ރިވިއުގައި ބުނެފައިވެ އެވެ. “އެކަމަކު ފިލްމުގެ ސީރިއަސް ސޯޝަލް ކޮމެންޓްރީ އާއި ޓްރިޕީ، ނޮސްޓެލްޖިކް ކޮމެޑީއާ ދެމެދު އޮތް ތަފާތުން އޮފް-ޕުޓިން ނުވަތަ އޮފް ބެލެންސް އިހުސާސެއް ނުކުރެވެ” ރިވިއު ކުރާ މީހުން ފާހަގަކުރިއެވެ.

ރިވިއުކުރާ މީހުން މި ފިލްމު ރިކޮމެންޑް ކުރަނީ 11 އަހަރުން މަތީގެ މީހުންނަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: