ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ އިންތިހާބީ އޭޖެންޓަކަށް ނާޝިޒް!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި. ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިންތިހާބީ އެޖެންޓަކަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރެވެމުންދަނީ ރައީސް ސާލިހާއި، ނާޝިޒްގެ ކުށުގެ ރިކޯޓު ސާފުކުރުމުގެ މަސައްކަތްތަކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ސާލިހުގެ ކެމްޕެއިން މެނޭޖަރުކަން ކުރައްވާފައިވަނީ ނާޝިޒްއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ށ ފޯކައިދޫގައި ރަސްމީކޮށް ފައްޓަވާފައިވާއިރު، މިހާރު އެމަނިކުފާނު ވަނީ ރާއްޖޭގެ ފަސް އަތޮޅަކަށްވަނީ ވަޑައިގެންފައެވެ. އެގޮތުން ށ، މ، ވ، ކ އަދި ހއ އަށްވެސް ރައީސް ވަނީ ވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބަށް ފޯމު ހުށައެޅުމަށް އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާއިރު، ގިނަ ބައެއްގެ އަމާޒު ހުއްޓިފައިވަނީ ރައިސް ސާލިހުގެ ރަނިން މޭޓަށްވާނެ ބޭފުޅަކަށެވެ. މިކަމާއި ގުޅިގެން ރައީސް ސާލިޙާއި ސުވާލުކުރުމުން ވިދާޅުވީ، ރަނިން މޭޓަކު ކަނޑައެޅުމަކީ، އުނދަގޫ ނިންމުމެއްކަމަށާއި، ނަމަވެސް މިކަމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: