ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހްރުކް ޚާންގެ “ޖަވާން” ގެ ފުރަތަމަ ލަވަ މި މަހުގެ 26 ގައި!

ޝާހް ރުކް ޙާން ފެންނަ ފިލްމު "ޖަވާން" ގެ ޕޯސްޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮކްބާސްޓާ “ޖަވާން” ގެ ޕްރިވިއުއަށް ފަހު ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމުގެ ފުރަތަމަ ލަވަ މި މަހުގެ 26 ވަނަ ދުވަހު ނެރުމަށް ނިންމާފިއެވެ.

ޝާހްރުކް އާއި އޭނާގެ ޓީމު ލޯތްބާއި ތައުރީފުގެ ތެރެއަށް ވަންނަމުން އަންނައިރު، ޕްރިވިއު ވީޑިއޯއަށް ފިލްމުގެ ޑައިރެކްޓަރު އެޓްލީ ދާދި ފަހުން ވަނީ ޝާހްރުކް ޚާން އާއި އޭނާގެ ކޯ ސްޓާރުން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ނަޔަންތާރާ ފެނިގެންދާ އިތުރު ޓީޒާއެއް ހިއްސާކޮށްފަ އެވެ. މި ޓީޒާގައި ވީޑިއޯ ސްނިޕެޓްގައި ފިލްމުގައި ކެމިއޯ ރޯލެއް ކުޅެފައިވާ ދީޕިކާ ޕަދުކޯން ވެސް ފެނިގެން ދިޔައެވެ. އެޓްލީ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 7، 2023 ގައެވެ.

މި މަހުގެ ކުރީކޮޅު ޝާހްރުކް ވަނީ އެޓްލީއަށް ޝުކުރުގެ ނޯޓެއް ލިޔެފައެވެ. ޓްވިޓާގައި އޭނާ ލިޔެފައި ވަނީ “ސަރ! ޔޫ އާ ދަ މޭން!! ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން، އޭކޭ މީރް އޭނާގެ އިންޕުޓްތައް ޕްރިޔާ އާއެކު ދިންކަން ކަށަވަރުކޮށްދިނީތީ! އެންމެން ދެކެ ވެސް ވަރަށް ލޯބިވޭ”

“ޖަވާން” އަކީ، ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާލައި މިހާތަނަށް ޝާހްރުކްގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި “ޕަޓާން” އަށް ފަހު 2023 ގައި ޝާހްރުކް ރިލީޒްކުރި ދެވަނަ ފިލްމެވެ. ޝާހް ރުކް ހާން ޕަތާން އިން ފެނިފައިވަނީ ފިލްމީ ދާއިރާއިން ނުފެންނަތާ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

ފިލްމު “ޑަންކީ” ގައި ވެސް ޝާހްރުކް ފެންނާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ތާޕްސީ ޕަންނޫ އާއި ވިކީ ކޯޝަލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: