ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނޑިޑޭސީ ފޯމުގައި ރައީސް ޔާމީން ސޮއިކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވާފައިވާ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާ އެމަނިކުފާނުގެ ކެނޑިޑޭސީ ފޯމުގައި ސޮއިކޮށްފިއެވެ.

ކެނޑިޑޭސީ ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ. މި މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ފޯމު ހުށައެޅުމަށް އިދިކޮޅުން ކުރި މަސައްކަތުގެ ތެރެއިން ރައީސް ޔާމީން ސޮއި ހޯދުމަށް ކަރެކްޝަންސްއަށް ވަނީ އެހީވެފައެވެ.

މިހާރު ރައީސް ޔާމީންގެ ސޮއިއާއިއެކު ކަރެކްޝަންސްއިން ވަނީ ޕާޓިއަށް ފޯމު ހަވާލުކޮށްފައެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެގޮތުން އެމަނިކުފާނާއި ބައްދަލުކުރުމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަޑައިގަތުމުން ކަރެކްޝަންސްއިން މިކަމަށް ހުރަސް އެޅިކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް މިކަން ކަރެކްޝަންސްއިން ދޮގުކުރާއިރު، އިދިކޮޅުގެ ވަކީލުން ގަބޫލުކުރާ ގޮތުގައި ކަރެކްޝަންސްއަށް ސަރުކާރު ނުފޫޒު އެބައޮތެވެ. މިވާހަކަތަކަށްފަހު ކަރެކްޝަންއިން ބުނި ގޮތުގައި، ރައީސް ޔާމީން އާއި ބައްދަލުކުރުމުގެ ފުރުސަތު ވަކީލުންނަށް ނުލިބުނީ އާންމު އުސޫލުން ބަލައި ފާސްކުރުމުގައި އޮންނަ އުސޫލުން އެކަން ކުރަން ވަކީލުން އެއްބާރުލުން ނުދެއްވުމުންނެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީން އާއި ބައްދަލުކުރުމަށް ހުރަސް އެޅީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ސްޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ރަޖިސްޓްރާގެ މި ނިންމެވުން މިހާރު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައެވެ.

ޖަމީލް ވިދާޅުވީ އެވަރަށް ރައީސް ޔާމީނުގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމުން އެނގެނީ އެތިއްބެވީ ގޯސް ހަދައިގެންކަން ކަމަށާއި، މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ޤާނޫނުގެ ބޭރުން ހުރަސް އަޅާފައިވާކަމަށެވެ. އަދި ވަކީލާ މުވައްކިލުގެ ދުސްތޫރީ ޙައްޤަކީ ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ އާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެނޑިޑެންސީ ކަށަވަރު ކުރުމަށްވެސް ޤާނޫނީ ޓީމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: