ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ރަނިންމޭޓު ކަނޑައަޅާނީ ރައީސް ޔާމީން

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓު ކަނޑައެޅުން، އެ ޕާޓީއިން ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ހަވާލުކޮށްފިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނަމަވެސް، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންކަމުންނެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ގެްލިފައިވާ ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ރަޖިސްޓްރާގެ މި ނިންމެވުން މިހާރު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައެވެ.

މިހެން ކަން އޮތް ނަމަވެސް އިދިކޮޅުން ދަނީ ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު ހުށައެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކަރެކްޝަންސްގެ އެހީއާއިއެކު ރައީސް ޔާމީން މިހާރު ވަނީ ކެނޑިޑޭސީ ފޯމުގައި ސޮއިކޮށްފައެވެ. މިހާރު މި ފޯމު ޕާޓީއާއި ހަވާލުކޮށްފައިވާއިރު، އިދިކޮޅުން ކުރަމުންދަނީ ރަނިންމޭޓަކު ކަނޑައެޅުމުގެ މަސައްކަތްތަކެވެ. ކެނޑިޑޭސީ ފޯމު ހުށައަޅާއިރު، ފޯމުގައި ރަނިންމޭޓުގެ ނަން އޮންނަޖެހެއެވެ.

ރައީސް ޔާމީން ވަނީ ރަނިންމޭޓަކަށްވުމަށް ލީޑަރޝިޕްއަށް ފެންނަ ބޭފުޅުންގެ ނަންތައް އެމަނިކުފާނަށް ފޮނުވުމަށް އެދިފައެވެ. ޕީޕީއެމް/ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ރަނިން މޭޓަކު ކަނޑައެޅުމުގެ އިހުތިޔާރު ލިބިގެންވަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށެވެ. އެހެންކަމުން ލީޑަޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ކަނޑައެޅުމަށް ދަންނަވަން ލީޑަޝިޕްގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: