ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓުން ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ 2 ކެނޑިޑޭޓުންވެސް ތާއީދު ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް ބެލެވޭ މި އިންތިހާބުގައި، އަމިއަްލަ ގޮތުން ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ރާއްޖޭގައި 10 އަހަރު ދުވަހު ބަންޑަރަ ނައިބުކަން ކުރެއްވި ޑރ މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހަޅާ 1500 މީހުންގެ މަޢުލޫމާތު ހިމެނޭ ލިޔުން ފުރިހަމަކޮށް ހުށައަޅަންޖެހެއެވެ. އެގޮތުން ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި ހިމަނަންޖެހެއެވެ.

ޑރ މުނައްވަރު މިހާރު ވަނީ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމާއި ގުޅިގެން އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ތާއީދު ހޯދުމަށް މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ. 1500 ސޮއި ވަރަށް އަވަހަށް ހަމަވާނެކަމަށް މުނައްވަރު ވިދާޅުވީ ނަމަވެސް މިހާތަނަށް ލިބުނު ސޮއިގެ އަދަދު ހާމައެއް ނުކުރައްވައެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ސޮއި ހަމަކުރުމުގެ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ނިމޭނެއެވެ. ކެމްޕެއިން ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ފާހަގަކޮށް، މިހާރު ކުރެވެމުންދަނީ ކެނޑިޑޭސީ ފޯމުގެ އިދާރީ މަސައްކަތްތައްކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން އޭނާ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ދޮރުން ދޮރަށް ހިންގަވަމުންދާކަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: