ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ސިޔާސީ ގޮތުން ފުރިހަމަ މާނައިގައި މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު: ރައީސް ސާލިހު

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު މި ފަސް އަހަރަކީ ކޮންމެ ދިމާލަކަށް ނަޒަރު ހިންގި ނަމަވެސް ފުރިހަމަ މާނައިގައި މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ދުވަސްކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި ފުރިހަމައަށް ސިޔާސީ މިނިވަންކަން ގާއިމުކުރެވިފައިވަނީ މި ވެރިކަމުގެ ދައުރުގައި ތާރީހަށް ބެލުމުން ފެނިގެންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމައަށް ރައްކައުތެރިކުރެވިގެންދިޔަ ފަސް އަހަރު ދުވަސްކަމަށެވެ. ރައީސް ވިދާޅުވީ، މި ދައުރަކީ ދިވެހިރާއްޖޭގެ ހާރިޖީ މިނިވަންކަންވެސް އެންމެ ވަރުގަދަ ދައުރުކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގައި ދާހިލީ މިނިވަންކަން އެންމެ ފުރިހަމައަށް ގާއިމުކުރެވިފައިވާ ފަސް އަހަރު ދުވަހަކީވެސް އެމަނިކުފާނުގެ ފަސް އަހަރު ދުވަހުގެ ދައުރުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ޒާތީ މިނިވަންކަން ލިބިދީފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ އެމީހެއްގެ ޒާތީ މިނިވަންކަން ހާސިލުވުމުގެ އުފާވެރިކަން ކަމަށެވެ. އަދި މިނިވަންކަންމަތީގައި ގައުމު ދެމި އޮތްނަމަވެސް ގައުމީ ދިދައިގެ ހިޔަލުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާއި ގުޅިފައިވާ އަސާސީ ކަންކަން ކޮންމެ ރައްޔިތަކަށްވެސް ދައުލަތުގެ ފަރާތުން ހަމަޖައްސަދީފައި އޮންނަ އޮތުންކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އިއްޔެ ތިބި ހިސާބައި މިއަދު ތިބި ހިސާބުން ގޮސް މާދަމާ ދާންވި މަންޒިލަކީ ކޮބައިކަމާއިމެދު ވިސްނުމަކީ ކުރަންޖެހޭކަމެއްކަމަށެވެ. ރައީސް ވިދާޅުވީ، ދިވެހިން އެދެމުންދާ މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަންޒިލާއި ދިވެހި ރައްޔިތުންނާއި ދެމެދު އޮތް ހުރަހަކީ ރައްޔިތުން އުޅެންޖެހިފައިވާ ހާލަތުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާތްﷲ ގެ އިރާދަފުޅާއިއެކު ވޭތުވި ފަސް އަހަރުގައި ސަރުކާރުން މަސައްކަތްކުރީ އެ ހާލަތުން އަރައިގަނެ ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާތްﷲގެ އިރާދަފުޅުން ދިވެހިންގެ ތެރޭގައި ތައުލީމެއް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެއްވެސް ދަރިޔަކު ނުހުންނާނެކަމަށް ދަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: