ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޤްތިޞާދީ މިނިވަންކަން ރާއްޖެއަށް ހޯއްދަވައި ދެއްވޭނީ ޤާސިމްއަށް: އަލީ ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ރައީސްކަމުގެ މަޤާމަށް އިންތިހާބުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އިޤްތިޞާދީ މިނިވަންކަން ރާއްޖެއަށް ހޯއްދަވައި ދެއްވާނެތީކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މައި ޖަހަގަ ކުނޫޒުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްްކަވަމުންނެވެ.

ރާއްޖެއަކީ އެކި ކަންކަމަށް ބޭރުގެ އެކި ފަރާތްތަކަށް ބަރޯސާވެފައި އޮންނަންޖެހޭ ޤައުމެއްކަމަކަށް ވާއިރު، ހަކަތައާއި ކާބޯތަކެތި ހޯދުމުގެ ކަންކަމުގައި އޮންނަނީ އެހެން ޤައުމުތަކަށް ބަރޯސާވެފައިކަން އަލީ ހުސައިން ފާހަަގަކުރެއްވިއެވެ.

އެކި ކަންކަމުގައި ބޭރު ފަރާތްތަކަށް ބަރޯސާވެފައި އޮތްނަމަވެސް މި ވޭތުވެދިޔަ މުއްދަތުގައި އެކަން ބަދަލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. އެގޮތުން ހަކަތައިގެ ދާއިރާތަކުން ޤައުމުތަކުން ގެންގުޅޭ އުސޫލުތައް ބަދަލުކުރާއިރު ރާއްޖެއިން އެކަށީގެންވާ މަސައްކަތެއް އެ ދާއިރާއިން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އިޤްތިޞާދީ މިނިވަންކަން ރާއްޖެއަށް ހޯއްދަވައި ދެއްވާނެތީކަމަށާއި، ކާބޯތަކެއްޗަށް ބަރޯސާނުވެ އުޅެވޭނެ ފެންވަރަށް ރާއްޖޭގެ ކަންކަން އިންތިޒާމް ކުރައްވާނެކަމަށް ގާސިމް ވިދާޅުވެފައިވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިކަންކަން ހާސިލުކޮށްގެން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެވޭނެ އެހެން ލީޑަރަކު ރާއްޖޭގައި ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: