ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެލްވިން ކްލެއިންގެ އައު ކެމްޕެއިން: މިފަހަރު ދިޝާ ޕަޓާނީ އާއި އެކު!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްހޫރު ތަރި ދިޝާ ޕަޓާނީ އާއި ގުޅިގެން ކެލްވިން ކްލެއިން ގެ “ސްޕްރިންގް 2023” ކަލެކްޝަން ލޯންޗްކޮށްފިއެވެ. އެ ބްރޭންޑުން ދާދި ފަހުން ވަނީ މުމްބާއީގެ ބަންދްރާގައި ހުންނަ އެ ކުންފުނީގެ ޖިއޯ ވޯލްޑް ޑްރައިވް މޯލް ސްޓޯރުގައި އިންޓަރެކްޓިވް އިވެންޓެއް ބާއްވާފައެވެ.

އެމެރިކާގެ ފެޝަން ބްރޭންޑެއް ކަމަށްވާ ކެލްވިން ކްލެއިންގެ މުމްބާއީ ކަލެކްޝަން ލޯންޗުކުރި އިރު، “ލޯންގްޓައިމް ފްރެންޑް އޮފް ދަ ބްރޭންޑް” ދިޝާ ޕަޓާނީ މޮޑެލް ކޮށްފައި ވަނީ އެ ބްރޭންޑުގެ ސިގްނޭޗާ ލޯގޯ ބްރެސްލެޓާއި ލައިޓް ވޮޝް ޖިންސެއް ކަމަށް، އެ ބްރޭންޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ. މޮނިކާ ޑޯގްރާގެ ލައިވް މިއުޒިކް ވެސް ފެނިގެންދިޔަ މި ހަރަކާތުގައި ފެޝަން ސްޓައިލިސްޓުންނާއި މޮޑެލްސް އަދި އިންފްލުއެންސަރުންގެ ތެރޭގައި ރެޗެލް ބައިރޯސް، ސޮނާލިކާ ސަހާއީ، ޕްރަބް އުއްޕަލް އަދި ރަބަނޭ ޖަމްސަންޑޭކަރް ހިމެނެއެވެ.

ކެލްވިން ކްލެއިން ގެ އެންމެ ފަހުގެ ކަލެކްޝަން ހުންނަނީ މުމްބާއީގެ އެންމެ ފާހަގަކޮށްލެވޭ ހައި ސްޓްރީޓް ޝޮޕިންގ ޑެސްޓިނޭޝަންތަކުގެ ތެރޭގައެވެ. އޭގެ ތެރޭގައި ކެލްވިން ކްލެއިން ޖީންސް، ކެލްވިން ކްލެއިން އަންޑަވެއާ އަދި އެކްސެސަރީޒް ހިމެނެއެވެ.

ކެލްވިން ކްލެއިން އަކީ 1968 ވަނަ އަހަރު ނިއުޔޯކްގައި އުފެދުނު ބްރޭންޑެކެވެ. މިއަދު އެ ކުންފުނީގެ ބްރޭންޑްތަކުގެ ތެރޭގައި ހިމެނެނީ ސީކޭ ކެލްވިން ކްލެއިން، ކެލްވިން ކްލެއިން، ކެލްވިން ކްލެއިން ޖީންސް، ކެލްވިން ކްލެއިން އަންޑަވެއާ އަދި ކެލްވިން ކްލެއިން ޕާފޯމަންސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: