ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން އުފާ ކާނިވަލް މިރޭ ހުޅުވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 08:00 ގައި އޮންނާނެ ކަމަށެވެ. މި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. ކާނިވާ ހުޅުވައިދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމދު ޞާލިޙްކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން 6:00 އަށް ސެންޓްރަލް ޕާރކްގައި ކުރިއަށްދާނެކަމަށެވެ.

މިނިވަން އުފާ ކާނިވާ ފަސްކޮށްފައިވަނީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިންނެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ. މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: