ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އަދަދު 93 އަށް އިތުރުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާ ގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ޢާންމުކޮށް އިޢުލާންކުރީމެވެ.

އެގޮތުން އިންތިޚާބީ ދާއިރާތަކުގެ އަދަދު 93 އަށް ވަނީ އިތުރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް 6 ދާއިރާއެއް އިތުރުވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ޖުލައި 18 ވަނަ ދުވަހު އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރައްވާފައިވާ ޓްވީޓެއްގައެވެ.އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިތުރުވި ދާއިރާތަކާއި އެކު އެކުލަވާލާ ފައިނަލް ރިޕޯޓް މިއަހަރުގެ ޑިސެމްބަރު މަހު ނެރޭނެކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅިގެންދަނީ، އާބާދީގެ ނިސްބަތަށް ބަލައި، އަންނަ ބަދަލުތަކުގެ މައްޗަށެވެ. ޤާނޫނު އަސާސީގައި ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިޚާބު ކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރައްވަމުންދާއިރު، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ މަސައްކަތްތައްވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ޖަލްސަގައި ވަނީ ފާސް ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް އިތުރު 6 ދާއިރާއެއް އިތުރުވާނެ ކަމަށް ކަނޑައަޅުއްވާފައެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވޭ:
މާލޭ ސިޓީ އަށް 2 ގޮނޑި،
އައްޑޫ ސިޓީ އަށް 1 ގޮނޑި،
މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި،
މާލެއަތޮޅަށް 1 ގޮނޑި،
އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ 10 މަސް ދުވަހުގެ ކުރިން، ކުރިއަށް އޮތް ދައުރަށް މަޖިލީހަށް އިތުރުވާ ދާއިރާތަކާއި، އާބާދީގެ ނިސްބަތް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވަން ޖެހެއެވެ. ކޮމިޝަންގެ ނައިބް ރައީސް ހަބީބް ވިދާޅުވީ މި މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރައްވަމުންދާކަމަށެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭމަހުގެ 30 އަށެވެ. ރައްޔިތުންގެ މަޖިލީހަށް ދައުރަކަށްފަހު ދައުރެއްގައި މެމްބަރުން އިތުރުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މަޖިލީހުގައި މިހާރު 87 މެމްބަރުން ތިއްބަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: