ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަންޔާ އާއި އަދިތިޔާ ވެސް “ބާބީ” ފިލްމު ބަލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވޫޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އަދިތިޔާ ރޯއި ކަޕޫރު ދާދި ފަހުން ވަނީ ފޭނަކަށް ފިލްމު ތިއޭޓަރަކުން ފެނިގެން ނަގާފައިވާ ވީޑިއޯއެށް އާއްމު ވެފައެވެ. އެ މީހުން ދިޔައީ ގްރެޓާ ގަރްވިގްގެ ބާބީ ފިލްމު ބަލަން ކަމަށް ހަބަރު ތަކުން ދައްކައެވެ.

އަނަންޔާ އާއި އަދިތިޔާ ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން އަންނަތާ ދުވަސްތަކެއް ފާއިތު ވެއްޖެއެވެ. އަނަންޔާ އާއި އަދިތިޔާއާ އެކު ސެލްފީ ނަގަމުން ނަގާފައިވާ ވީޑިއޯއެއް މި ހަފުތާގެ ކުރީކޮޅު ފޭނަކު ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފިލްމަށް އަދިތިޔާ ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރިއިރު އަނަންޔާ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ޓޮޕެކެވެ.

އަނަންޔާ އާއި އަދިތިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފެށީ މިދިޔަ އަހަރު ކްރިތީ ސެނަންގެ ދިވާލީ ޕާޓީގައި އެކުގައި ފެނިގެން ދިއުމުންނެވެ. ދާދި ފަހުން އަދިތިޔާ އާއި އަނަންޔާގެ ޔޫރަޕްގެ ޗުއްޓީގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ވަނީ ބޮޑު ސަމާލުކަމެއް އެކަމަށް ލިބިފައެވެ. މި ދެ މީހުން އެކުގައި އެނބުރި މުމްބާއީއަށް ދިޔަ ނަމަވެސް އެއާޕޯޓުން ވަކިން ނިކުތް ތަން ޕަޕަރާޒީން ނަގާފައިވާ ފޮޓޯއަކުން ފެނުނެވެ. އަނަންޔާ އާއި އަދިތިޔާ ވެސް އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ކަށަވަރުކޮށްދީ ނުވަތަ ދޮގުކޮށްފައެއް ވެސް ނުވެއެވެ.

ޕްރޮފެޝަނަލް ގޮތުން ބަލާއިރު އަނަންޔާ ޕާންޑޭގެ ކޮމެޑީ ފިލްމު “ޑްރީމް ގާލް 2” މި މަހުގެ 25 ގައި ރިލީޒްކޮށްފައި ވަނީ އަޔޫޝްމަން ކުރާނާއާ އެކުއެވެ. މީގެ އިތުރުން ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ގެ ލަވައަކަށް ހާއްސަ ފެނިލުމެއް ވެސް އޭނާ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

އަދިތިޔާ ރޯއި ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސާރާ އަލީ ޚާނާ އެކު އަނޫރާގް ބާސޫ ޑައިރެކްޓްކުރާ “މެޓްރޯ އިން ޑިނޯ” އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: