ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޖްނީކާންތު އާއި ތަމަންނާގެ “ކަވާލާ”: ނަށާނުލައި ނުހުރެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއަން ޝަކީރާ” ގެ ލަގަބު ހާސިލްކުރުމަށްފަހު، ދެކުނު އިންޑިޔާގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ މިހާރު އަންނަނީ އޭނާގެ އެންމެ އުންމީދީ ފިލްމު “ޖެއިލާ” ގެ ފުޓް ޓެޕިން ލަވަ “ކަވާލާ” ގެ ބޮޑު ކާމިޔާބީގެ ފަހަތުގައި ބޮސްދެމުންނެވެ. ޗާޓްބަސްޓާ ތަމިލް ލަވައިން ހިތްތައް ނުތަނަވަސްކޮށްލުމަށްފަހު ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ވަނީ “ތޫ އާ ދިލްބާރާ” ގެ ނަމުގައި އެލަވައިގެ ހިންދީ ވާޝަން ނެރެން އިއުލާން ކޮށްފައެވެ.

މިހާތަނަށް 83 މިލިއަން އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ “ކަވާލާ” ލޯންޗްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންސްޓަގްރާމް ރީލްތަކުގައި ޓްރެންޑިން ލަވައެއްގެ ގޮތުގައި ފެނިގެން ދިޔައެވެ. މި ލަވަ އަޑުއަހާލުމުން ހަމަ ޔަޤީނުން ވެސް ނަށާނުލައި ނުހުރެވޭނެއެވެ. “ޖެއިލާ” ފިލްމު ނެރެން ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައެވެ.

ދާދި ފަހުން ތަމަންނާ ވަނީ ރަޖްނީކާންތާ އެކު މަސައްކަތް ކުރަން ލިބުމަކީ ނަސީބެއް ކަމަށް ބުނެފައެވެ.

“ރަޖްނީކާންތު ސާރ އާއި އެކު މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން. ޖެއިލާ ސެޓުގައި ހޭދަކުރި ހަނދާންތައް އަބަދުވެސް ހަނދާނުގައި ބަހައްޓާނަން. އޭނާ އަހަރެންނަށް ސްޕްރިޗުއަލް ޖާނީގެ ފޮތެއް ހަދިޔާކުރި. ރަޖްނީ ސާރ ވަރަށް ތޯޓްފުލް. އަދި އެ ފޮތުގައި ރަޖްނީ ސާރގެ އޮޓޯގްރާފް ވެސް ދިން”

ޖައިލަރގެ އިތުރުން ތަމަންނާ ބާޓިއާއަކީ އެކި ބަހުރުވަތަކުގެ ޕްރޮޖެކްޓްތަކުގެ ޝައުގުވެރި ލައިންއަޕެކެވެ. އޭގެ ތެރޭގައި މަލަޔާލަމް ބަހުން ބަންދްރާ، ތެލެގޫ ބަހުން ބޯލާ ޝަންކަރު އަދި ތަމަޅަ ބަހުން އަރަންމަނައީ 4 ހިމެނެ އެވެ. މީގެ އިތުރުން ނިކިލް އަދުވާނީ ޑައިރެކްޓްކުރާ “ވޭދާ” ގައި ޖޯން އަބްރަހަމްއާ އެކު ތަމަންނާ ސްކްރީނުން ފެނިގެންދާނެ ކަމަށް ހަބަރުތަކުން ދައްކައެވެ.

ޖެއިލާއަށް ފަހު ރަޖްނީކާންތު ފެނިގެންދާނީ އޭނާގެ އަންހެން ދަރިފުޅުގެ ފިލްމު “ލާލް ސަލާމް” އިން އެކްސްޓެންޑެޑް ކެމިއޯއަކުންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: