ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ އިން އެފްރިކާގެ ގައުމުތަކަށް ހިލޭ ކާޑުދިނުމަށް ވައުދުވެއްޖެ!

ރަޝިއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގެ ބަނދަރުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި ކުރިމަތިވެފައިވާ ދަަތިތައް ހައްލުކުރުމަށް ގާއިމުކުރުމަށް މަސައްކަތްކުރި “ބްލެކް ސީ ގްރެއިން ޑީލް” އެއްބަސްވުމުން ބޯދަމައިގަތުމަށް ފަހު އެފްރިކާގެ ހަ ގައުމަކަށް ހިލޭ ހަނޑުލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވައުދުވެވަޑައިގެންފިއެވެ.

ރަޝިއާގައި ކުރިއަށް ގެންދިޔަ “ރަޝިއާ އެފްރިކާ” ސަމިޓުގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، އެ ގައުމަށް ޔޫކްރެއިންގެ ކާޑުގެ އެކްސްޕޯޓު މަސައްކަތްތައް ޔޫކްރެއިންގެ ބަދަލުގައި ކުރެވިދާނެކަމަށެވެ. ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓު މަސައްކަތްތައް ހުއްޓިގެންދިޔައެވެ. އދއިން އެކަމުގެ ތެރެއަށްވަދެ އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން އެކްސްޕޯޓު މަސައްކަތްތައް އަލުން ފެށިގެންދިޔައެވެ. އެހެންނަމަވެސް ދާދި ފަހުން ރަޝިއާއިންވަނީ ޔޫކްރެއިންގެ މައި ބަނދަރަކަށް ހަމަލާދީފައިކަމަށްވުމުން އެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް އެޅިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޕުޓިން ވިދާޅުވެފައިވާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ގައުމުން ބުރްކީނާ ފާސޯ، ޒިމްބްވާބްވޭ މާލީ އަދި ސޯމާލިއާ އަދި އެރިޓްރިއާއަށް 25،000- 50،000 ޓަނުގެ ބަރުދަނާއި ދެމެދުގެ އަދަދަކަށް ހިލޭ ކާޑު ދިނުމަށް އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީޑިއާތަކުން ބުނާގޮތުން، ރަޝިއާއިން މަސައްކަތްކުރަމުންދަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިންވެސް އެ ގައުމުގެ ބާރުވެރިކަން ދެމެހެއްޓިފައިވާކަން ދެއްކުމަށެވެ.

ޔޫކްރެއިން އިން ކުރަމުންދާ ކާޑު އެކްސްޕޯޓު މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ގާއިމުކުރުމަށް މަސައްކަތްކުރި އެއްބަސްވުމުން ރަޝިއާއިން ބޯދަމައިގަނެފައިވަނީ މި މަހުގެ ތެރޭގައެވެ. ތުރުކީގެ ޝާމިލުވުމާއިއެކު ގާއިމުކުރުމަށް މަސައްކަތްކުރި އެއްބަސްވުމުގެ ސަބަބުން އަހަރެއްހާ ދުވަހު ކާޑު އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ހުރަހެއް ނެތި ކުރިއަށް ގެންދެވުނު ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ޕުޓިން ވެވަޑައިގެންފައިވާ ވައުދުތަކާއިމެދު އދގެ ޖެނެރަލް ސެކެޓްރީވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މަދު ގައުމުތަކަކަށް ޑޯނޭޝަންތަކެއް ދިނުމުން އެއްބަސްވުން ގާއިމު ނުކުރެވުމުގެ ސަބަބުން ވެގެންދާ ގެއްލުންތައް ފޫބެދިގެން ނުދާކަމަށެވެ. ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކޭގޮތުން ޕުޓިން މިހާރު މަސައްކަތްކުރަމުންދަނީ އެފްރިކާއަށް ކާޑު އިމްޕޯޓުކުރުމަށާއި ބައިނަލްއަގުވާމީ މާކެޓުގައި ޔޫކްރެއިން ބޭކާރުކޮށްލުމަށެވެ. އަދި އެއްބަސްވުމުގައި އަހައްމިޔަތުކަން ދީފައިވަނީ އެފްރިކާގެ ގައުމުތަކަށް ނޫންކަމަށާއި ގާއިމުކުރަން މަސައްކަތްކުރި އެއްބަސްވުމުން ފައިދާތައް ލިބިގެންދަނީ “ރަނގަޅަށް ކާންބޯން ލިބެމުންދާ” ޔޫރަޕުގެ މާކެޓުތަކަށްކަމަށް ޕުޓިން ވިދާޅުވެފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: