ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯރޯ ވައިރަސް އަކީ ކޮބާ؟

ފޮޓޯ: ގޫގުލް އާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯރޯ ވައިރަސް އަކީ ފިނި މޫސުގައި ފެތުރޭ ބަޔެއްކަމަށް ހޯދުންތަކުން ދައްކައެވެ. މިއީ ވަރަށް ހަލުވިކަމާއި އެކު ފެތުރޭ ރޯގާއެކެވެ. ނަމަވެސް މިއީ ވަރަށް ކުޑަ މުއްދަތަކަށް ޖެހިފައި ހުންނަ ރޯގާއެކެވެ. ނޯރޯ ވައިރަސް ޖެހުމުން ހޮޑުލާއި ބޭރަށް ހިންގައެވެ. ގައިން ހަކަތަ ދަށްވުމާއި، ބޯ އެންބުރުމާއި، ގައިގަ ރިއްސުމާއި ބޮލުގަ ރިއްސުމުގެ އިތުރުން މި ރޯގާގައި ހުން އައުން ހިމެނެއެވެ.

މި ވައިރަސް ޖެހުމުން އަލާމާތްތައް ފެންނަ ކަމަށް ދިރާސާތަކުން ދައްކަނީ އެކެއް ނުވަތަ ދެ ދުވަސް ތެރޭގައެވެ.

މި ރޯގާގެ ފަރުވާ ގޭގައި ވެސް ދެވޭނެއެވެ. ނަމަވެސް ބަލި މީހާގެ ހާލު ދެރަވާ ހާލަތްތަތަކުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ. އަދި ގިނައިން ދިޔާ އެއްޗެތި ބުއިމަށް ސަމާލުކަންދީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.

ނޯރޯ ވައިރަސް މާލެ ސަރަޙައްދުގައި ވަރަށް ބާރަށް ފެތުރެމުންދާކަމަށް ސިއްޙީ ވުޒާރާތަކުން ހާމަކޮށްފައިވާއިރު، މި ރޯގާ ޖެހިގެން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ދައްކާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މާލޭގައި މި ރޯގާ ޖެހިގެން ގިނައިން ހޮސްޕިޓަލްތަކުން ފަރުވާ ހޯދާފައިވަނީ ކުދަކުދިން ކަމަށް ހޮސްޕިޓަލްތަކުން ހާމަކޮށްފައިވެއެވެ. އަދި މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ހިމެނޭކަމަށް ބުނެފައިވެއެވެ.

ނޯރޯ ވައިރަސް އަކީ ވަރަށް ހަލުވިކަމާއި އެކު ފެތުރޭ ރޯގާއަކަށްވާއިރު، ރޯގާ ޖެހިފައިވާ މީހެއްގެ ގައިން މި ރޯގާ އަނެއް މީހާއަށް ޖެހެއެވެ. ރޯގާ ޖެހިފައިވާ މީހާ އަތްލާ ތަންތަނުންވެސް މި ރޯގާ އަނެއް މީހާގެ ގަޔަށް އެރުމަށް މަގު ފަހިވެއެވެ. އަދި ރޯގާ ޖެހިފައިވާ މީހާ ތައްޔާރު ކުރާ ކާނާ ބޭނުންކުރުމުންވެސް ރޯގާ ޖެހެއެވެ.

އެހެންކަމުން މި ރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ. އަދި ސެނެޓައިޒަރ ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: