ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޝްމިތާ ސެންގެ “ތާލީ”ގެ ޓީޒާ ދައްކާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެންމެ ފުރަތަމަ މިސް ޔުނިވާރސް އަދި ބޮލީވޫޑުގެ މަޝްހޫރު ތަރި ސުޝްމިތާ ސެން ލީޑް ރޯލުން ފެނިގެންދާ “ތާލީ” ނަމަކަށް ކިޔާ ވެބް ސީރީސްގެ ޓީޒާ ދައްކާލައިފިއެވެ.

އިންޑިއާގެ ޤައުމީ އެވޯޑު ހާސިލުކޮށްފައިވާ ރަވީ ޖާދަވް ޑައިރެކްޓުކޮށް ގެނެސްދޭ މި ސީރީސްގައި ސުޝްމިތާ ސެން ފެނިގެންދަނީ މީގެ ކުރިން އޭނާ ކުޅެފައިނުވާ ރޯލަކުންކަން ފާހަގަކުރެވެއެވެ. އަދި މިއީ ހަޤީޤީ ވާހަކައަށް ބިނާކޮށް ހަދާފައިވާ ސީރީސްއެއް ކަމަށް ހަބަރުތަކުން ދައްކައެވެ. މިހެންކަމުން ބެލުންތެރިން ދަނީ މި ވެބް ސީރީސްއަށް ވަރަށް ބޮޑަށް އުންމީދުކޮށް އިންތިޒާރު ކުރަމުންނެވެ.

“ތާލީ” ވެގެންދާނީ ޓްރާންސްޖެންޑަރެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ތަފާތު ބައޮގްރަފިކަލް ސިލްސިލާއަކަށެވެ. މިއީ ފަގީރުންނާއި ޓްރާންސްޖެންޑަރުންނަށް މި މުޖުތަމައު އަކީ ރަނގަޅު ތަނަކަށް ހެދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ސޯޝަލް އެކްޓިވިސްޓް، ގޯރީ ސާވަންތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ސީރީޒް ލިޔެފައި ވަނީ ކްޝިތީޖް ޕަޓްވަރުދަން، އަމޯލް އުދްގިރްކަރް އަދި އެޑްވިން ދޭސޫޒާ އެވެ.

މި ސީރީސްގައި 300 އަށް ވުރެ ގިނަ ޓްރާންސްޖެންޑާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ވެސް އާ ރެކޯޑެކެވެ. އޯޓީޓީ ޕްލެޓްފޯމް ޖިއޯ ސިނަމާއިން މި ސީރީޒް ދައްކަން ހަމަޖެހިފައިވާއިރު، މި ސީރީސް ނެރުމަށް އިއުލާން ކޮށްފައިވަނީ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: