ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކޮނިކް ބާޑް ގެއްލިއްޖެ، މިހާރު އިނީ އީލޮން މަސްކުގެ “އެކްސް”!

"ޓްވިޓާގެ އައު ލޯގޯ "އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްވިޓާގެ “އައިކޮނިކް ބާޑް” ގެ ލޯގޯ “އެކްސް” އަށް ބަދަލުކޮށްފައިވާއިރު، މިއީ ސޯޝަލް މީޑިއާގެ މަންސައަށް އައި ފާހަގަކޮށްލެވޭ ބަދަލެކެވެ. މި ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން، 2022 ވަނަ އަހަރު ޓްވިޓާއާއި ހަވާލުވި އީލޮން މަސްކު އެވެ. އީލޮން މަސްކުގެ އަމާޒަކީ ޗައިނާގެ ވީޗެޓް ފަދަ ވީޑިއޯ ޗެޓްތަކާއި މެސެޖިން، ސްޓްރީމިން އަދި ޕޭމަންޓުތައް ހިންގާ އެޕްލިކޭޝަންއެއްގެ ގޮތަށް ޓްވިޓާ ބަދަލުކުރުމެވެ.

މި އަހަރުގެ ޖުލައި 24 ވަނަ ދުވަހު ޓްވިޓާގެ އައު ލޯގޯ އިފްތިތާހު ކޮށްފާވާއިރު، ޓްވިޓާ ނުވަތަ މިހާރުގެ ނަމުން ނަމަ “އެކްސް” ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ވަނީ ޝައުގުވެރިކަމެއް އުފެދިފައެވެ. މި ރީބްރޭންޑިންގެ މަސައްކަތް ރަމްޒުކޮށްދެނީ މަސްކް ޓްވިޓާއާއި ހަވާލުވި ފަހުން ޓްވިޓާއަށް އައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައެވެ.

މިއީ ހަމައެކަނި ސޯޝަލް މީޑިއާ މަންސައަކަށް ވުރެ ބޮޑަށް ޓްވިޓާ ގާއިމުކުރުމުގެ ބޮޑު އަމާޒެއް ހާސިލްކުރުމަށް ހަދާފައިވާ ސިޔާސަތެއްގެ ދަށުން ގެނެސްފައިވާ ބަދަލެކެވެ. ވީޑިއޯ ޗެޓް، މެސެޖިން، ސްޓްރީމިން އަދި ޕޭމަންޓް ފަދަ ފީޗާތައް ހިމަނައިގެން ޓްވިޓާއިން އުއްމީދު ކުރަނީ މަޝްހޫރު އެހެން އެޕްލިކޭޝަންތަކާ ވާދަކޮށް، މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް މެދުކެނޑުމެއް ނެތި، “އޯލް އިން ވަން” ތަޖުރިބާއެއް ހޯދައިދިނުމެވެ. މަސްކުގެ އިސްނެގުމުގެ ދަށުން ޓްވިޓާ އަށް ގެނައި މި ބަދަލުގެ ސަބަބުން ސޯޝަލް މީޑިއާއަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަން ޔަޤީނެވެ.

ޓެސްލާގެ ސީއީއޯ އީލޮން މަސްކު އެންމެ ކުރިންސުރެ “އެކްސް” އަކުރަށް ޝައުގުވެރިވާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މަސްކްގެ ރޮކެޓް އުފައްދާ ސްޕޭސް އެކްސްގެ ލޯގޯގެ ގޮތުގައި “އެކްސް” އެއް ހިމަނާފައިވާއިރު، މަސްކް ދާދި ފަހުން ވަނީ “އެކްސް އޭ.އައި” ގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕެއް ވެސް ތައާރަފުކޮށްފައެވެ.

ޓްވިޓާގެ އެންމެ ފުރަތަމަ ލޯގޯގައި “ޓްވިޓްރް” ލިޔެފައި އޮތީ ފެހި ކުލައަކުންނެވެ. 2005 ވަނަ އަހަރު އިފްތިތާހުކުރި މި ލޯގޯ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ދެމިއޮތެވެ. ނަމަވެސް 2006 ވަނަ އަހަރު އެ ލޯގޯ “ޓްވިޓާ” އަށް ބަދަލުކޮށް، ނޫ ކުލައިން މި ބަސް ފެންނަން ފެށިއެވެ. މިއާއިއެކު 2010 ވަނަ އަހަރު “ޓްވިޓާ” ލޯގޯ ނޫ ދޫންޏަކާއި އެކީ އިފްތިތާހު ކުރެވުނެވެ. 2012 ވަނަ އަހަރު އެ ލޯގޯއިން “ޓްވިޓާ” މި ލަފުޒު އުނިކޮށް، ނޫ ދޫންޏަކީ ޓްވިޓާގެ ރަސްމީ ލޯގޯއަކަށް ވެގެން ދިޔައެވެ. “ލެރީ ޓީ ބާޑް” ގެ ނަމުން ނަން ދެވިފައިވާ ނޫ ކުލައިގެ މި ދޫނި 11 އަހަރު ވަންދެން ދެމިއޮތުމަށް ފަހު މިހާރު ބަދަލުވެގެން އައީ “އެކްސް” އަށެވެ. މިއީ “ޓްވިޓާ” ނިމުމުގެ ފެށުން ކަމުގައިވެސް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: