ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާއީދު އޮތީ އެމްޑީޕީއާއި ޕީޕީއެމްއަށް، އެހެން ކެނޑިޑޭޓުންނަކަށް ނެތް: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ށ މިލަންދޫ އަށް ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ރިޔާސީ އިންތިހާބުގެ މައި ވާދަވެރި ޕާޓީތަކަށް ވާނީ ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީކަމަށާއި، އެހެން ޕާޓީތަކަށް މާ ބޮޑު ތާއީދެއް ނެތްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ރައީސް ސާލިހު މިއަދު ދަތުރުފުޅުތައް ކުރެއްވީ ށ އަތޮޅަށެވެ. އެގޮތުން ށ ފުނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިންތިހާބުގައި ވޯޓުލާއިރު، ވާދަވެރިންނަކީ ކޮބައިތޯ ބަލަންޖެހޭކަމަށެވެ. ގިނަ ކެނޑިޑޭޓުންގެ ނަންތަކެއް އިވުނު ނަމަވެސް އެބޭފުޅުންނަށް އެވަރުގެ ތާއީދެއް ނެތްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު މި ޖަލްސާގައި ވާހަކަދައްކަވަމުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އޭރު އޮތީ ބިރުވެރިކަންކަމަށް ސިފަކޮށް، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، މާޒީއަށް އިޔާދަ ވާނީތޯ ނުވަތަ މި ސަރުކާރުން ގާއިމްކޮށްދިން އަމާންކަމާއި ހަމަޖެހުން ދަމަހައްޓާނީތޯ ނިންމަންޖެހޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ޕީއެސްއައިޕީ ބަޖެޓުން ތަރައްގީއަށް ހަރަދުކުރީ 22 ބިލިއަން ރުފިޔާ ނަމަވެސް މި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 32 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެ ފައިސާ ހަރަދުކުރެއްވީ ފެނާއި ނަރުދަމާ ގާއިމްކުރުމަށާއި، އަސާސީ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ސަބަބެއްކަމަށް ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވުމަކަށް ނުގެނެސް ކުރިއަށް ގެންދިއުމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް އިޝާރާތްކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އޭރު އިންތިހާބު ކާމިޔާބުވުމުން އެމަނިކުފާނު މަސައްކަތްކުރެއްވީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ، އަސާސީ ހިދުމަތްތައް ގާއިމްކުރެއްވުމަށްކަމަށެވެ. އަދި މި މަސައްކަތްކުރުމުގައި ކުދި އަދި ބޮޑު ރަށެއް ތަފާތުނުކުރައްވަންކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ބައެއް ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން މި ޖަލްސާގައި ވާހަކަދައްކަވާފައެވެ. އެގޮތުން ރޯހައުސް ނުވަތަ ފްލެޓު އެޅުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވުމުގެ ގޮތުން މަސްވެރިންނަށް ބޭނުންވާ އައިސް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަޖައްސައިދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފުނަދޫގައިވެސް މި އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: