ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ނުބަލާ ކެނޑިޑޭޓުން ވައުދުވާތީ، ރައީސްގެ ފާޑުކިޔުން!

އުފާވެރި އަމާން ރާއްޖެ" ފުވައްމުލަށް ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ނުބަލާ ބައެއް ކެނޑިޑޭޓުން ވައުދުވާކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކާވާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާދަވެރިންގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” ޝިޔާރުގެ ދަށުން ރައީސް ސާލިހު ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން މާއުނގޫދޫއަށް ވަޑައިގެން ވާހަކަދައްވަމުން އެމަނިކުފާނު ވިދާޅުވީ މާއުނގޫދޫއަކީ ސިޔާސީ ރަށެއްކަމަށާއި، ތަފާތު ހުރިހާ ކުލައެއް އެބަހުރިކަމަށް ރަށަށް އެރުމުން އިނގޭކަމަށެވެ. އެގޮތުން އަދާލަތު ޕާޓިގެ ފެހި ކުލައާއި، އެމްޑީއޭގެ އޮރެންޖުކުލަ އަދި އެމްޑީޕީގެ ރީދޫ ކުލަ ފެންނައިރު، މަދުން ނަމަވެސް ޕީޕިއެމްގެ ފިޔާތޮށި ކުލަ ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

ވާދަވެރި ކެމްޕެއިންއެއް ކުރެއްވުމަށް ގޮވާލާ، ރައީސް ސާލިހު އެމަނިކުފާނު ވެރިކަމަށް ވާދަކުރެއްވިއިރު، ރައްޔިތުން ތިބީ އަސާސީ ހިދުމަތްތައް ފުރިހަމައަށް ލިބުމަށް އެދި އެދިކަމަށެވެ. ރައްޔިތުން އެދުނު ކަންކަން ކޮށްދިނުމަށް ގިނަ ކަންތައްތަކެއްކުރެވިއްޖެކަމުގެ އިހުސާސްވާކަމަށް ރައިސް ސާލިހު ވިދާޅުވިއެވެ. ރާއްޖޭގައި އެތައް ޒަމާނެއް ވެރިކަން ކުރެވުނު ނަމަވެސް، މި ވެރިކަމާއި ހަމައަށް އައިރު އަސާސީ ހިދުމަތްތައް ގާއިމްކޮށްދީފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރަށް އެތައްކަމެއް އެއްފަހަރާ ކުރަން ޖެހުނު ސަބަބަކީ އެއީކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ފަށާފައިވާ މަސައްކަތްތައް އެންމެ ޒިންމާދާރު ގޮތުގައި ކުރިއަށް ނުދާކަމަށާއި، އެހެން ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތް މި ސަރުކާރުން ހޯދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާއުނގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމުވެސް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ބައެއް ކެންޑިޑޭޓުން އައިސް ވައުދުވާނެ. ބައެއް ކުރިމަތިލާން ނިންމައިފައި ތިބި ބައެއް ކެންޑިޑޭޓުން ވަޑައިގެން ވިދާޅުވާ ބައެއް ވާހަކަ އެބަހުރި. ކޮންމެ ވެސް އެއް ރަށަކަށް ގޮސް ވިދާޅުވި ތިމަންނަމެންގެ ވެރިކަމުގައި 1،200 މީޓަރުގެ އެއާޕޯޓެއް އަޅާނާމޭ. ބުނިި އިރުގައި މި ސަރުކާރުން އެ ރަށުގައި 1،500 މީޓަރުގެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން ދަނީ.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ ބައެއް ކެނޑިޑޭޓުން ވާ ވައުދުތަކަށް ފާޑު ވިދާޅުވެފައެވެ. އަދި ވައުދުވަނީ ކަން އޮންނަ ގޮތް ނުބަލާކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަކުރިއަށް ގެންދަވާ ރައީސް ސާލިހު ވިދާޅުވީ 1،200 މީޓަރުގެ އެއަރޕޯޓެއް ރަށެއްގައި އެޅުމަށް ކެނޑިޑޭޓެއް ވައުދުވީއިރު، އެއީ 1،500 މީޓަރުގެ އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާ އެއާޕޯޓެއްކަމަށެވެ.

އަނެއް ބައެއްގެ މެނިފެސްޓޯ އިއުލާނުކުރިއިރުގައި އެބަ ވިދާޅުވޭ އެސްއެމްއީ ލޯނު މޯގޭޖެއްނެތި ދޫކުރާނަމޭ ތިމަނަމެންގެ ވެރިކަމެއްގައި. ބުނިއިރުގައި ބަލަ މި ސާރުކާރުން މިހާރުވެސް އެބަ ދޫކުރެޔޭ.

ރައީސް ވިދާޅުވިއެވެ.

މިކަންކަމާއިމެދު ވިސްނުމަށް އެދިވަޑައިގެން ރައީސް ސާލިހު ވިދާޅުވީ އެއް ކެނޑިޑޭޓެއްގެ މެނިފެސްޓޯ އާންމުކުރިއިރު، އެސްއެމްއީ ލޯނު މޯގޭޖަކާއިނުލާދެއްވާނެކަމަށް ވައުދުވީއިރު، އެއީވެސް މި ސަރުކާރުން މިހާރު ކޮށްދެމުން އަންކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ބޭނުންވާނީ ރަނގަޅު ޕްރޮޕޯސަލެއް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: