ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު އީސީއަށް ހުށައަޅައިފި

ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު އީސީއަށް ހުށައެޅުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިފިއެވެ.

ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު އީސީއަށް ހުށައެޅި ނަމަވެސް، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ރައީސް ޔާމީންގެ ފަރާތްޕުޅުން، އެމަނިކުފާނުގެ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިޚާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާކަމަށް ބުނެ، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށައެޅިއެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާފަދަ ދުސްތޫރީ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން، އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ޕީޕީއެމްއިން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކޮށްފައެވެ.

އެއަށްފަހު މުޅިން އާ މައްސަލައެއް ވެއްދި ނަމަވެސް ކޯޓުން ވަނީ މައްސަލަ ހުށަހެޅިތާ ދެ ގަޑިއިރު ވެސް ނުވަނީހެން މައްސަލަ ބޭރުކޮށްލާފައެވެ. މި މައްސަލައިގައި އެދިފައި ވަނީ، އިސްތިއުނާފީ މައްސަލަ ހައިކޯޓުން ކުރިޔަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާން ކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރެވޭނީ ސްޕްރިމް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއްކޮށްފި ހާލަތެއްގައެވެ. އެއީ ސުޕްރީމު ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލްކުރުމެވެ.

ވަރަށް ގަދަ
24%ވަރަށް ގަދަ 48%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: