ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޯނީ ޑެޕް އާއި އެމްބާ ހާނޑުގެ ޑޮކިއުމެންޓަރީއެއް ނެޓްފްލިކްސްއަށް!

ޖޯނީ ޑެޕް އާއި އެމްބާ ހާނޑު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޯނީ ޑެޕް އާއި އެމްބާ ހާރޑުގެ މުޅި ދުނިޔެ އަށް މަޝްހޫރު ޓްރަޔަލްގެ ނެޓްފްލިކްސް ޑޮކިއުމެންޓަރީއެއް ގެންނަން ނިންމައިފިއެވެ.

މި ޓްރަޔަލް އަކީ ސަޕޯޓަރުންނާއި އާންމުން ބައިބައިކޮށްލި ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެެއެވެ. މިހާރު ދެ އަހަރު ފަހުން ނެޓްފްލިކްސްގެ އަމާޒަކީ އެންމެ ގަދައަށް ދެކެވުނު މި ޓްރަޔަލްއަށް އާ އަލިކަމެއް ދިނުމެވެ.

ސްޓްރީމިން ޖަޔަންޓުން ބުނެފައިވަނީ އެ ކުންފުނީގެ މަޤްސަދަކީ ޑްރާމާއަށް ތެޔޮ އެޅުން ނޫން ކަމަށާއި ޝަރީއަތާ މެދު އިންސާފުވެރި ވިސްނުމެއް ހުށަހެޅުން ކަމަށެވެ. މި ކޯޓްރޫމް ޑްރާމާ މިހާރުވެސް ގިނަ ބަޔަކަށް ފެނިފައި ވީ ނަމަވެސް “ޑެޕް ވީ ހާރޑް” މަސައްކަތް ކުރަނީ މައްސަލައިގެ ވަށައިގެންވާ ހާލަތާ މެދު އާ ނަޒަރަކުންނެވެ. ނަމަވެސް މި ޑޮކިއުމެންޓްރީގައި ހިމެނޭ ސެލެބްރިޓީންނަށް ކުރީގެ ޒަހަމްތައް އަނބުރާ އަތުވެދާނެތީ ދެ ފަރާތުގެ ސަޕޯޓަރުން ވެސް ތިބީ ޝައްކު އުފެދިފައެވެ.

ނެޓްފްލިކްސް އިން އެކަން އިއުލާން ކުރިތާ މަހެއްހާ ދުވަސް ވީއިރު ވެސް ދެ ފަރާތުގެ ސަޕޯޓަރުން ތިބީ ބައިބައިވެފައެވެ. މި ނާޒުކު މައުޟޫއަށް ފުންމާލަން ނެޓްފްލިކްސް އިން ޝައުގުވެރިވާ ކަމާމެދު ބައެއް ސަޕޯޓަރުން ސުވާލު އުފައްދަމުން ދެއެވެ. އަނެއް ބަޔަކު މާޔޫސްކަން ފާޅުކުރަނީ އަނެއްކާ ވެސް ޝަރީއަތް އަލުން އާރާސްތު ކުރަން ޖެހޭތޯ ސުވާލު ކުރަމުންނެވެ.

ނެޓްފްލިކްސްގެ “ޑެޕް ވީ ހާރޑް” ގެ ބަހުސަށް އަނެއްކާވެސް ހޫނު ބަހުސެއް ފަށަން ތައްޔާރުވަމުން އަންނައިރު، ދެ ފަރާތުގެ ސަޕޯޓަރުން އަނެއްކާވެސް ހިތްގައިމު މަޝްވަރާތަކަށް ތައްޔާރުވެއްޖެއެވެ. މި ޑޮކިއުމެންޓްރީ މިމަހުގެ 16 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: