ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތާއީދު ރައީސް ޞާލިހަކަށް ނެތް:އިލްޔާސް ލަބީބް

ޝެއާރކޮށްލާ ކަހަލަދޯ؟

މި 5 އަހަރުގެ ތެރޭގައި އައްޑޫއަށް ލިބެންޖެހޭ ތަރައްގީ ލިބިފައިނުވާކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް ލަބީބް މިފަދައިން ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމާ މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުން ފެނިގެންދިޔައީ އައްޑޫ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް އެއްވެސް ތާއިދެއް ނެތް މަންޒަރުކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެ ސަބަބުން އޭނާ އަށާއި ޑިމޮކްރެޓްސްއަށް މި އިންތިޚާބި ކާޟިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫއަށް ކުރެވުނު ދަތުރުގައި އައްޑޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންތައްތައް އިލްޔާސް ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެގޮތުން އައްޑޫގެ ތަރައްޤީ ޕްލޭންއާއި އެއްގޮތަށް މި ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވާކަން ރައްޔިތުން ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެއީ 2018 ވަނަ އަހަރު ފައިސާ ހަމަޖެހިފައިވާ މަޝްރޫއެއްކަމަށާއި، މަގު ހެދުން ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީގެ ޕްލޭން ހަދައި އިންޑިއަން އެގްޒިމް ބޭންކް އިން 800 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހޯދައި ސަރުކާރަށް އެ މަސައްކަތްތައް ކުރުމަށް ވާނީ ހަވާލު ކުރެވިފައިކަމަށް ވިދާޅުވިއެވެ. ނަމަވެސް 2023 ވަނަ އަހަރު ނިމެންދާއިރުވެސް، އައްޑޫގެ ތަރައްޤީގެ ޕްލޭންއާއި އެއްގޮތަށް ސަރުކާރަށް މަސައްކަތްތައް ކޮށްދެވިފައި ނުވާކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

އިލްޔާސް ލަބީބް އައްޑޫ ސިޓީއަށް ކެމްޕޭނަށް ވަޑައިގެންފައިވާއިރު، އިލްޔާސްގެ އަރިހުގައި ރައީސް ނަޝީދު ވެސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: