ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި ބޮޑު ރަށެއް ނުބަލާ 3 އަހަރުގެ ތެރޭ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނަން: ރައީސް

އުފާވެރި އަމާން ރާއްޖެ" ނަރުދޫ ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި ބޮޑު ރަށެއް ނުބަލާ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އިންގިލާބީ ބަދަލެއް ގެންނާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” މި ޝިޔާރުގެ ދަށުން ކުރައްވާ ކެމްޕެއިންގައި ރައީސް ސާލިހު މިއަދު ދަތުރު ކުރައްވަމުން ދަނީ ށ އަތޮޅަށެވެ. އެގޮތުން ށ ނަރުދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވަނީ ކުދި އަދި ބޮޑު ރަށް ތަފާތުނުކޮށް ތަރައްގީ ގެނައުމަށް އެމްޑީޕީއިން ގެންގުޅޭ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ނަރުދޫއަކީ މީހުން މަދު، ކުޑަ އާބާދީއެއް އޮންނަ ރަށަކަށްވާތީ ކުރީ ސަރުކާރުތަކުން އެ ރަށަށް ސަމާލުކަން ނުދޭކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނަރުދޫގައި ހިންގާފައި އޮތީ ދެ މަޝްރޫއުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރަށް އަސާސީ ހިދުމަތްތައް ގާއިމްކޮށް، އުމްރާނީ ތަރައްގީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހުނު ސަބަބަކީ އެއީކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ނަރުދޫގައި ހިންގާފައި އޮތީ ދެ މަޝްރޫއު. އެހެންވެ އަޅުގަނޑުމެންގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު. ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ބޭނުންވެފައި ހުރި މަޝްރޫއުތައް ހިންގަން ޖެހުނު.

ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ކުރިއަށް އޮތް ތިނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެކަމަށާއި، މި ބަދަލު އަންނާނީ ކުދި އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ މި ބަދަލު ރާއްޖެއަށް ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ކުރުމުގައި ދަތިތަކަކާއި ކުރިމަތިވީ ނަމަވެސް، އެކަންކަން ހައްލުކޮށް މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނަރުދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރުމަށް ހަވާލުކުރީ، ރަނގަޅު ކުންފުންޏަކާއި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދިއަކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަޝްރޫއު އެހެން ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއިން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ހިއްސާކުރެއްވި ތަފާސް ހިސާބުގައިވާ ގޮތުގައި ރާއްޖޭގެ 141 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި މި ސަރުކާރުގައި މިހާތަނަށް 52 ރަށެއްގެ ބަނދަރުގެ މަސައްކަތްކޮށް ނިންމާފައިވާކަމަށާއި، އަދި އިތުރު 42 ރަށެއްގައި މި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އީއައިއޭގެ ސްޓޭޖްގައި އޮތް 31 ރަށާއިއެކު ރާއްޖޭގެ 125 ރަށެއްގެ ލަފާ ފުރުމުގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އަދި ބިން ހިއްކުމުގެ 13 މަޝަރޫއުއް މިހާރު ކުރިއަށްދާއިރު، ގިނަ ރަށްތަކެއްގެ ބިން ހިއްކާ ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: