ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑޭންޓް ލޯނު ލިބުނު ދަރިވަރުންނަށް ސްޕޮންސަރ ލެޓަރ ދަނީ ދޫކުރަމުން: މިނިސްޓްރީ

ހަަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޫޑޭންޓް ލޯނު ލިބުނު ދަރިވަރުންނަށް ސްޕޮންސަރ ލެޓަރ ދޫކުރައްވަމުން ދާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝުން އަންގަވައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީސްޕޮންސަރ ލެޓަރގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާ ކަމަށެވެ. އެގޮތުން ދޫކުރާ ސްޕޮންސަރ ލެޓަރ އިން އެދަރިވަރަކީ ސޮޓޫޑެންޓު ލޯނު ލިބިފައިވާ ދަރިވަރެއްކަމާއި އަދި ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ދަރިވަރެއްގެ މެއިލަށް ވެސް ލޯނުގެ ފައިސާ ހޯދުމަށް އަމަލުކުރަން ޖެހޭގޮތުގެ ތަޕްސީލް ފޮނުވާފައިވާނެ ކަމަށާއި އެލިޔުމަށް ހާއްސަ ސަމާލު ކަމެށް ދިނުމަށްވަނީ އެދިލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ފައިސާ ޖަމާވާނެ ކަމަށެވެ. ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށްޓަކައި ކޮންމެ ދަރިވަރަކުވެސް ލޯނު ލިބުނުކަމުގެ ލިޔުމާއިއެކު މެއިލްގައި އަންގާފައިވާ ގޮތަށް ޑޮކިއުމެންޓުތައް ފުރިހަމަ ކުރުމަށްފަހު ފަންޑު މެއިލަށް އަށް ފޮނުވުމަކީ މިނިސްޓްރީގެ އެދުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރިނު ހޯދަން 720 ފުރުސަތަށް އެދި 1507 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަ ވެފައިވާ 1275 ފަރާތްތަކަށް ލޯނު ދޫކުރިކަމަށް ވިދާޅުވިއެވެ. ސްޓޫޑެންޓު ލޯނާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދަވަން 3 އޮގަސްޓު 2023 ގައި އޮންލައިން ސެޝަނެއް މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރުކޮށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: