ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ޓިކެޓަށް މުއިއްޒު އަދި އާދަމް ޝަރީފް، ޑރ ވަހީދުވެސް ވާދަކުރައްވަފާނެކަމުގެ އަޑުތައް!

ޕީޕީއެމްގެ ނައިބު ރައިސް ޑރ މުއިއްޒު، ކުރީގެ ރައިސް ޑރ މުހައްމަދު ވަހީދު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ޓިކެޓަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވާދަކުރުމަށް ނިންމަވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވާފައިވާ ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެކަމާއިމެދު ޔަގީންކަމެއް ނެތެވެ. އެހެންކަމުން ޕީއެންސީގެ މަޝްވަރާ ބައްދަލުވުމުގައި އެ ޕާޓީއިން ވަނީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ.

މިއާއިއެކު މުއިއްޒު ވަނީ ޕީޕީއެމްގައި ހުންނެވުމަށްފަހު، ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރާކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ އާދަމް ޝަރީފް އަދި މުއިއްޒުއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އެޑްވައިޒަރ، ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަފާނެކަން “ސަންގަށް” ވަނީ އެނގިފައެވެ.

ޕިއެންސީގެ ރިޔާސީ ޓިކެޓު ދޭނެ ފަރާތް ނިންމާނީ، އެ ޕާޓިގެ ސެނެޓު ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ރިޔާސީ ޓިކެޓަށް ވާދަކުރުމަށް މުއިއްޒު ނިންމަވާފަައިވާއިރު، މީގެ ކުރިންވެސް މުއިއްޒު އިދިކޮޅުގެ ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަފާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ދެބަސްވުން އޮތްކަމަށް އަޑުތައް ފެތުރިފައިވަނިކޮށް މުއިއްޒު ވަނީ އޭނާގެ ތާއިދު އޮތީ ރައީސް ޔާމީންއަށްކަން ހާމަކޮށް، އެމަނިކުފާނަށް ބޭވަފާތެރިނުވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: