ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތު ހަމަވީއިރު، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ފޯމު ހުށައެޅުއްވީ މުއިއްޒު އާއި އާދަމް ޝަރީފް!

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީ، ރިޔާސީ ޓިކެޓަށް ވާދަކުރުމަށް ހުށައެޅި ފުރުސަތުގައި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފޯމު ހުށައަޅުއްވައިފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީއެންސީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 ވޯޓު އަގުލަބިއްޔަތުން ފާސްކޮށްފައިވާކަމަށެވެ.

އެހެންކަމުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން، މިއަދު މެންދުރު 2 ގެ ކުރިން ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ޕީއެންސީއިން ވަނީ އެދިފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތެއް ފަރާތެއް މިއަދު 4 ގެ ކުރިން ޕާޓީގެ މަޖިލީހުން ކަނޑައަޅާނެކަމަށް އެ ޕާޓީއިން ބުނިއެވެ. މި ފުރުސަތުގައި ފޯމު ހުށައެޅުއްވީ އާދަމް ޝަރީފް އުމަރާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުއެވެ.

ރިޔާސީ ޓިކެޓަށް ވާދަކުރުމަށް މުއިއްޒު ނިންމަވާފަައިވާއިރު، މީގެ ކުރިންވެސް މުއިއްޒު އިދިކޮޅުގެ ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަފާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ދެބަސްވުން އޮތްކަމަށް އަޑުތައް ފެތުރިފައިވަނިކޮށް މުއިއްޒު ވަނީ އޭނާގެ ތާއިދު އޮތީ ރައީސް ޔާމީންއަށްކަން ހާމަކޮށް، އެމަނިކުފާނަށް ބޭވަފާތެރިނުވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: