ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި އީވާ ކުރަމުންދަނީ ޑިމޮކްރެސީގެ ނަމުގައި ފިތުނަ އުފެއްދުމުގެ މަސައްކަތް: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ޑިމޮކްރެސީގެ ނަމުގައި ފިތުނަ އުފައްދަވައި ފަތުރައްވަމުންދާކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާވަނީ ބްރޯޑްކޮމްގެ ސިޓީއެއް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް އަދި ބްރޯޑްކޮމްއަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް އެޅިފައިވާކަމަށް ފާހަގަކުރައްވާފައެވެ. ރޮޒައިނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ މުއްދަތު ޖުލައި މަހުގެ 24 ވަނަ ދުވަހަށް ހަމަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެ އިންތިހާބާއި ކުރިމަތިލާންޖެހެނީ އިލެކްޝަންސްގެ މެމްބަރެއް މަދުކޮށްކަމަށެވެ. އޭނާ ވިދާޅުވީ، ބްރޯޑްކޮމް އިންވެސް މެމްބަރުންގެ މުއްދަތު ހަމަވަމުންދިއުމާއިއެކު ސިޓީ ފޮނުވަމުންދާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އެކަންކަން ކުރިމަތިވެފައިވަނީ “އިތުބާރު ނެތް” މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާފައި އޮތުމުންކަމަށެވެ. އޭނާ ވިދާޅުވީ، އީވާ އަދި ނަޝީދު ކުރައްވަމުންދާ މަސައްކަތަކީ މަޖިލީސް ހިސޯރުކޮށްގެންތިބެ ޑިމޮކްރެސީގެ ނަމުގައި ފިތުނަ ފެތުރުއްވުމުގެ މަސައްކަތްތައްކަމަށެވެ. އޭނާ ވިދާޅުވީ، އެ ދެ ބޭފުޅުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. ރޮޒައިނާ ވިދާޅުވީ، މެމްބަރުންނަށްވަނީ ހިދުމަތް ނުދެވި ތަންތަނުން ފޮނުވަމުންދާ ސިޓީތަކަށް ބަލަހައްޓައިގެން ތިބެންޖެހިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: