ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ޓިކެޓު މުއިއްޒުއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީއެންސީގެ ރިޔާސީ ޓިކެޓު މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެވޭކަމާއިމެދު ސުވާލު އުފެދިފައިވާއިރު، އެ ޕާޓީގެ ލީޑަރޝިޕުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމުގެ ގޮތުން ޕީއެންސީގެ ޕްރައިމަރީއެއް ބާއްވާފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާގޮތުން، މިހާރު ކަން ކުރަމުންދާ ގޮތް ނޫން ގޮތަކަށް އެ މަސައްކަތްތައް ކުރެއްވުމަށް ރައީސް ޔާމީންގެ އަރިހުގައި އޭނާ ދެންނެވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ޑިމޮކްރެސީއަށް ކުރައްވާ ލޯބީގެ ބޮޑުކަމުން އަމިއްލައަށް އެ ނިންމުން ނިންމެވުމުގެ ބަދަލުގައި އެ ޕާޓީގެ މެމްބަރުންނާއި އެ ޒިންމާ ހަވާލުކުރެއްވިކަމަށް ވިދާޅުވިއެވެ.

ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އަދި މޭޔަރު މުއިއްޒުއެވެ. މި ޕްރައިމަރީގައި ވޯޓުލުމަށް ހާޒިރުވި 48 މެމްބަރުންވެސް ވަނީ ވޯޓު ދެއްވާފައެވެ. މޭޔަރު މުއިއްޒުއަށް ލިބިވަޑައިގަތީ 25 ވޯޓުކަމަށްވާއިރު އާދަމް ޝަރީފްއަށް ލިބިވަޑައިގަތީ އާދަމް ޝަރީފްއަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅިފައިވާއިރު، ޕީޕީއެމްއިންވެސް ވަނީ ދާދި ފަހުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންގެ ރަނިނގްމޭޓެއް ކަނޑައަޅައި އެމަނިކުފާނުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސްއަށް ހުށައަޅާފައެވެ. އެހެންނަމަވެސް އީސީއިން އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިނުގަނެއެވެ. އެހެންކަމުން އިދިކޮޅުންވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: