ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ކޯލިޝަން ޕާޓުނަރަކަށް ގާސިމްގެ އެދުންތައް ފުއްދައި ނުދެވޭނެ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ކުރައްވާ ޝަރުތުތައް އެއްވެސް ކޯލިޝަން ޕާޓުނަރަކަށް ފުރިހަމަ ނުކުރެއްވޭނެކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅުގައި ތިބި ސިޔާސީ ޕާޓީތައްކަމަށްވާ ޕީޕީއެމް، ޖޭޕީ އަދި ޑިމޮކްރެޓްސް އާއި އެމްއެންޕީއިން އެކުގައި މަސައްކަތްތަކެއް ކުރަމުންދާއިރު، ޝަރީފް ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީ އަދި ޖޭޕީގެ ސިޔާސީ ކައިވެންޏަކީ ފެށިގެން އައި އިރުވެސް ދަމަހައްޓަން ދަތި ގުޅުމެއްކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަން ދެމި އޮތް ހާ ދުވަހު އޮވެފައިވާކަމާއިމެދުވެސް ގިނަ މާހިރުން ހައިރާންވާކަމަށެވެ. ޝަރީފް ވިދާޅުވީ، ކޯލިޝަން ދެމެހެއްޓިގެންދިޔައީ ރައީސް ސާލިހުގެ ކެތްތެރިކަމާއި، ކުރިއަށް ވިސްނާވަޑައިގަތުމުގެ ސިފައިގެ އިތުރުން އެމަނިކުފާނު މަސައްކަތްތަކަށް ލެއްވި ހިތްވަރުގެ ސަބަބުންކަމަށެވެ.

ޝަރީފް ވިދާޅުވީ، ގާސިމް އެދިވަޑައިގަންނަވާ ކަންކަން ފުރިހަމަކޮށްދިނުމަކީ އެއްވެސް ކޯލިޝަން ޕާޓުނަރަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އޮތީ ޖަލުގައިކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގަތުމާއި އެކު ގާސިމްއަށް ކޯލިޝަންއެއް ހެއްދެވިދާނެ ފުރުސަތެއް ފެނިވަޑައިގަތްކަމަށެވެ. އެހެންނަމަވެސް ނަޝީދާއި ގާސިމް ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރި އެންމެހާ މަސައްކަތްތައް ބޭކާރުވެގެންދިޔަކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގާސިމް އަދި ނަޝީދު ގުޅިވަޑައިގަތުމަކީ ހަގީގަތާއި ދުރު ހިޔާލެއްކަމަށް މާހިރުން ދެކޭކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ދެކެނީ އެ ދެ ބޭފުޅުންވެސް އެންމެ މަތީ ފަޑި ނޫން ޖާގައެއް ބޭނުން ނުވާތީކަމަށެވެ. އޭނާ ވަނީ ޖޭޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުރުސަތު ހަނިވަމުންދާކަމަށްވެސް ސިފަކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ޕީޕީއެމްއިން ކެނޑިޑޭޓަކު ނެރުމަށް ތައްޔާރުވަމުންދިއުމާއި ގުޅިގެން މިހާރު ޖުމްހޫރީ ޕާޓީއިން ކުރަމުންދިޔަ މަސައްކަތްތަކުގެ ދުވެލި މަޑުޖެހެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް އިން ކެނޑިޑޭޓަކު ނެރުމުން ޖުމްހޫރީ ޕާޓީއަށް ކުރިއަށް އޮތް އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނު ޕާޓީއަށް ވުމަށް އޮތް ހަނި ފުރުސަތުވެސް ގެއްލިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ ފުރުސަތުގެ އިތުރުން އެމްޑީޕީއާއިއެކު އޮތް ކޯލިޝަން ރޫޅާލާފައިވުމުން ކުރިއަށް އޮތް ދައުރުގައި އޮންނާނެ ސަރުކާރުގައި ޝާމިލުވުމަށް އޮތް ފުރުސަތުވެސް ގެއްލިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: