ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ރަނިނގްމޭޓަކަށް އަސްލަމް!

އަސްލަމް އަދި ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންގް މޭޓެއްގެ ގޮތުގައި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ހަމަޖައްސަވާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެމްޑީޕީއިން ގެންދަނީ އެ ޕާޓީގެ ރީޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. ޕާޓީތަކުގެ ރަނިނގް މޭޓުން ކަނޑައެޅުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާއިރު، އެމްޑީޕީއިން ރައީސްގެ ރަނިންގް މޭޓުގެ ގޮތުގައި އަސްލަމް ހަމަޖެހިފައިވާކަމަށް ބުނެ ވާހަކަތައްވަނީ ފެތުރިފައެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުން، އަސްލަމްވަނީ އޭނާގެ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށައަޅާފައެވެ.

އަސްލަމް ހަމަޖައްސާފައިވަނީ މިހާރުގެ ނައިބު ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އިގްތިސާދީ ވަޒީރު ފައްޔާޒު އިސްލާމާއިލްވެސް އެ މަގާމަށް ވާދަކުރައްވަމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. އެހެންނަމަވެސް ފައްޔާޒުވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވަކި އެއްޗެއް ވިދާޅުވެފައިނުވާއިރު، ފައިސަލް އެ ފުރުސަތަށް ޝައުގުވެރިވާކަން މީޑިއާތަކާއި ހިއްސާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ސާލިހު ވިދާޅުވެފައިވާގޮތުން، ރަނިނގމޭޓެއް ކަނޑައެޅުމަކީ އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީގެ ލީޑަރޝިޕާއި މަޝްވަރާތައްކުރައްވަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: