ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތިއްޔާ އިސްތިއުފާ ދޭން ތައްޔާރު: އަސްލަމް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

44 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއިއެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފިނަމަ އިސްތިއުފާ ދެއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އަސްލަމްވަނީ ކޮމިޓީ މަސައްކަތްތަކަށް އަލިއަޅުއްވައި، އެމަނިކުފާނަށް ގަވައިދުގައި ވާގޮތުގެ މަތިން އެ މަސައްކަތްތަކުގެ ތެރެއަށް ވަނުމުގެ އިހްތިޔާރު ނެތްކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވޭނެކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ގަވައިދުގެ ތެރެއިން ޖާގަ ލިބިގެންދާ މިންވަރަކުން ކޮމިޓީތަކުގެ މުގައްރިރުންނާއި މަޝްވަރާކުރައްވައިގެން މަސައްކަތްތައް އަވަހަށް ނިންމުމަށް ބާރުއަޅުއްވާނެކަމަށާއި އެ މަރުހަލާ ނިމުމުން މަޖިލީހުގެ ތަޅުމުން ކުރަން ޖެހޭ މަސައްކަތްތައް ތަރުތީބުކޮށް ނިންމުމަށް ބާރު އަޅައި މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތައް އިސް ފަސްކުރުމުގެ އިހުތިޔާރު ލިބިގެންވަނީ މަޖިލީހުގެ ފްލޯއިން އެޖެންޑާކުރާ މަސައްކަތްތަކުގައިކަމަށާއި އެހެންކަމުން ސެކްރެޓަރީ ޖެނަރަލްއާއި މަޝްވަރާކުރައްވައިގެން މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިއުމަށް ބާރު އަޅުއްވާނެކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން މަޖިލީހުގެ ގަވައިދު މާނަކުރުމުގައިވެސް މައްސަލަތައް ކުރިމަތިވެގެންދިޔަކަމަށާއި އެހެންނަމަވެސް އެއީ ގަވައިދާއި ގާނޫނުތައް ނެތުމުން ދިމާވި މައްސަލައެއް ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މެމްބަރުން އަމަލުކުރާގޮތަކުންވެސް މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުން އެކަށީގެންވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ތެރެއިން 44 މެމްބަރުންނަށްވުރެ އިތުރު އަދަދެއްގެ ސޮޔާއިއެކު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައިފި ހާލަތެއްގައި އެކަން އެނގިވަޑައިގަންނަވާ ހިސާބުން މަޖިލީހުން ނުކުމެގެންވަޑައިގަންނަވާނީ ރިޔާސަތުން އިސްތިއުފާދެއްވުމަށްފަހުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: