ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ނެގޭ ނިޒާމީ މައްސަލަ ގަވައިދު ބަދަލްކޮށްގެންވެސް ހުއްޓުވާނަން: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ނިޒާމުގެ ގެއްލޭ ގޮތަށާއި މަޖިލިސްގެ މަސައްކަތްތަކަށް ހުއްޓުމެއް ގެނައުމަށް ނަގާ ނިޒާމީ ފުރުސަތުތައް ހުއްޓުވަން މަޖިލީހުގެ ގަވައިދު ބަދަލް ކުރަން ޖެހޭ ނަމަ އެކަން ކޮށްގެންވެސް އެކަން ހުއްޓުވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި އެޖެންޑާ ކުރެވިފައި އޮތީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުންކަމަށް މަޖިލީހުގެ ރިޔާސަތުން ދެންނެވުމާއި އެކު މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓްސް ޕާޓީގެ މެމަބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނިޒާމް ގެއްލޭ ގޮތައް ހުށަހެޅޭ ނިޒާމީ މައްސަލަތައް ނިޒާމީ މައްސަލައާއި ގުޅޭ ގޮތައް ހުށަހެޅުމަށް އަސްލަމް ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަސްލަމް ފާހަގަކުރައްވާފައިވާ ގޮތުގައި މަޖިލީހުގައި ނިޒާމީ މައްސަލައަށް އެދި މެމްބަރުންގެ ވާހަކައިގެ ތެރެއިންވެސް ވާހަަ ހުއްޓުވާ މަޖިލީހުގެ މަސައްކަތަކަށް ބުރޫ އަރާ ގޮތައް ބައެއް މެމްބަރުން އަމަލު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މެމްބަރަކު ވާހަކަ ދައްކަވަމުންދާއިރު، ނިޒާމީ މައްސަލައެއް ނެންގެވިކަމުގައި ވީ ނަމަވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެވޭނީ ވާހަކަ ދައްކަމުން ދާ މެމްބަރަކު ވާހަކަ ނިންމަވާލެއްވުމުންކަމުގައި އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: