ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒުއާއި މެދު ކަންތައް ކުރައްވަނީ ވަރަށް ބޭއަދަބީކޮށް: ޒައިދު

ޝެއިޚު އަލީ ޒައިދު..... ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި މެދު، އާންމުންނަށް ފެންނަނީ ވަރަށް ބޭއަދަބީކޮށް ކަންތައް ކުރައްވަވާ ތަން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެންނަ މަންޒަރަކީ ގަން ހިންގުވަން އުޅޭ މަންޒަރު ކަމަށެވެ. ޕްލޭން އޭ، ބީ އަދި ސީ ނިކުއުއްވުމަށާއި، މީހަކު ދަށް ކޮށްްލުމުގައިވެސް ވަކި ހައްދެއް އޮންނަންވާނެ ކަމާއި އަދި ޑރ. މުއިއްޒު އާއި މެދު އެއްވެސް ރަހުމެއް ނުބަހައްޓަވަނީ ކީއްވެތޯ ޒައިދު ވަނީ ސުވާލު ކުރައަވާފައެވެ.

ސެޕްޓެމްބަރު މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ވަނީ ފޯމު އީސީ އަށް ހުށަހަޅާފައެވެ. ނަމަވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އީސީ އިން ވަނީ ފޯމު ބޭރުކޮށްލާފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައި، ރޭގައި މި މައްސަލައިގެ އަޑު އެހުން ވެސް ވަނީ ނިމިފައެވެ.

ރައީސް ޔާމިންގެ ވަކީލުން ވަނީ އެމަނިކުފާނަށް އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމް އިންް އިތުރު ފަރާތަކުން ކުރިމަތި ލުމަށް ފުރުސަތެއް ދެއްވުމަށް ކޯޓުގައި އެދިލައްވާފައެވެ. މި ފުރުސަތަށް އެދިލައްވާފައި ވަނީ ޕީއެންސީގެ ސެނެޓު މެންބަރުން  ބޭއްވި ވޯޓު މުއިއްޒު ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: