ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރުން ހުށައަޅައިފި

ކުރީގެ ރައީސް މުހައްމަދު ވަހީދު-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރުމަށް ހުށައަޅާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިދިކޮޅުގެ މައި ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެނޑިޑަސީ އާއިމެދު ސުވާލު އުފެދިފައިވާއިރު، އެ ޕާޓީއިންވަނީ “ޕްލޭން އޭ، ބީ، ސީ” ވެސް ގެންގުޅެމުންދާކަމަށް ފާހަގަކޮށްފައެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި އިތުރު ކެނޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށް އެދިފައިވާއިރު، ޑރ ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރަން ހުށައެޅިކަމުގެ މައުލޫމާތު ސޯޝަލްމީޑިއާގައިވެސް ދައުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އީސީ އިން ބުނެފައިވާގޮތުން، ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތް ސަބަބަކީ އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީުކުރަމުންދިއުމާއި އެ ހުކުމާއި ގުޅިގެން އައިސްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

ޑރ ވަހީދަކީ އިދިކޮޅުގެ ޕްލޭން ބީ ކަމާއިމެދު ސުވާލު ކުރެވެމުންދާއިރު، ޕީއެންސީއިންވަނީ ރައީސް ޔާމީންއަށް ކުރިމަތިނުލެވޭ ހާލަތަށް ތައްޔާރުވެ އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި މޭޔަރު މުއިއްޒު ހޮވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: