ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ފަސް އަހަރު އެތައް ބިލިއަން ޑޮަލަރެއް ލިބުނު އިރު އާމްދަނީ އިތުރުކުރަން އެންމެ ޑޮލަރެއްވެސް ބޭނުން ނުކުރޭ: ޑރ ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ގާސިމްގެ ކެމްޕެއިންގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރު ތެރޭގައި ދަރަންޏަށް އެތައް ބިލިއަން ޑޮލަރެއް ނަގާފައިވިންމްވެސް އާމްދަނީ އިތުރުކުރުމަށްޓަކައި އެންމެ ޑޮލަރެއްވެސް ހަރަދުކޮށްފައިނުވާކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.،

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވަހީދުވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެތައް ބިލިއަން ޑޮލަރެއް ލިބިގެންދިޔަނަމަވެސް އެ ފައިސާއިން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ހަރަދުތަކެއް ނުކުރާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އާމްދަނީއެއް ލިބިގެންދާނެ މަގަށް އެއްވެސް ކަމެއް ކުރެވިފައިނުވާއިރު، ހަރަދަށް ފަހު ހަރަދެއް ކުރަމުންދާކަމަށާއި އެއީ އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ، އެއްޗެއް އިތުރުވެގެން ނުދާ ގޮތަކަށް އެއްވެސް ބަޔަކު ލޯނެއް ނުނަގާނެކަމަށެވެ. އަދި ލޯނު ނަގައިގެން އެ ފައިސާތައް ‘ކާލީމަ” ކަމަކު ނުދާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތްކުރަންވާނީ ނަގާ ލޯނެއް މެދުވެރިކޮށް އިތުރު މަންފާއެއް ހާސިލުކުރުމަށްކަމަށޭވެ. އެހެންނަމަވެސް ގައުމު ހަވާލު ކުރި މީހުން ވަނީ އެތައް ބިލިއަން ޑޮލަރަކުން ރާއްޖޭގެ ރައްޔިތުން ދަރުވާލާފައިކަމަށް ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ، އެ މީހުންނަށް ވެރިކަން ހަވާލުކުރަންވީ ސަބަބެއް އޮތްކަމާއިމެދު ސުވާލު އުފެއްދޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ ކޮންމެ މުދަލަކީވެސް ރައްޔިތުންގެ އެއްޗެއްކަމަށާއި އެއީ ރައީސްކަން ކުރައްވާ މީހަކު ނުވަތަ ސަރުކާރުގެ މުދަލެއް ނޫންކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ، ސަރުކާރު ހިންގަނީ އަދި ރައީސް އުޅުއްވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ މުސާރައިންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިންނަކީ ރައްޔިތުންކަމަށާއި އެހެންކަމުން ވެރިންކަމަށް ބުނެ ރައްޔިތުންގެ ގާތަށް ނުދިއުމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް އަދި ސަރުކާރުގެ އިސްވެރިން އަމަލުކުރަންޖެހޭނީ ރައްުޔިތުން ދޭ އިރުޝާދުގެ މައްޗަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: