ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަކީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވަން މަގާމަށް އައްޔަނުކުރާ މީހެއް ނޫން: ރައީސް ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާގެ ޒިންމާއަކީ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނިތަކެއް އެޅުވުމެއް ނޫންކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ޅ ނައިފަރުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވަހީދުވަނީ ދިވެހިރާއްޖޭގެ ސަރުކާރުގައި ތިބޭނީ ރައްޔިތުން މުސާރަ ދީފައިވާ “ނޯކަރުން” ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އަކީވެސް ރައްޔިތުންގެ ފައިސާއިން އެއް ލައްކަ ރުފިޔާގެ މުސާރެއް ދީފައި ބަހައްޓާފައިވާ މުއައްޒިފެއްކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސްކަމަށް އަންނަ މީހެއްގެ މަސްއޫލިއްޔަތަކީ ދިވެހިންގެ ރައުސުލްމާލާއި މާލިއްޔާތު އަދި ރާއްޖޭގެ މުދާތައް ރައްކައުތެރިކޮށްދިނުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސްކަމަށް އަންނަ މީހެއްގެ ޒިންމާއަކީ އެ މާލިއްޔާތަށް އެއްޗެއް އިތުރުކޮށްދިނުންކަމަށާއި ރައްޔިތުންގެ ބޮލުގައި އިތުރު ދަރަނިތަކެއް އެޅުވުން ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސްކަމަށް އަންނަ މީހެއްގެ ޒިންމާއަކީ ދައުރެއް ނިންމާލާއިރު، ރާއްޖޭގެ މުދާތައް ވިއްކާލާފައިވުން ނޫންކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ، ރައީސްއަކު އިންތިހާބުކުރުމަށްފަހު މަސްއޫލިއްޔަތު ހަވާލުކުރަނީ އެފަދަ އަމަލުތަކެއް ހިންގުމަށް ނޫންކަމަށާއި އެ މީހަކީ ރައްޔިތުން މުސާރަ ދިނުމުން މަސައްކަތްކުރާ މީހެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ، އެ މީހަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ މީހެއް ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސްކަމަށް އަންނަ މީހެއްގެ ހައްގު އެންމެ ލޯ ލާރިއެއްވެސް ދައުލަތުގެ މާލިއްޔާތުގައި ނޯންނާނެކަމަށާއި އެހެންކަމުން ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ބަޔަކަށް ދެވަނަ ދައުރެއް ދޭންވީތޯ ރައީސް ވަހީދު ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހަމަ ބުއްދި ހުރި އެއްވެސް މީހަކު އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް ނޫން މީހަކަށް ވޯޓެއް ނުދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: