ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަށް ދެވަނަ ދައުރެއް ދީފިނަމަ ދިވެހިން އަޅުވެތިވާނެ: ރައީސް ވަހީދު

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދީފި ނަމަ ދިވެހިން އަޅުވެތިވެގެންދާނެކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ގާސިމްއަކީ ރާއްޖޭގައި ހިންގޭ އެންމެހާ އިސްލާހީ މަސައްކަތްތަކުގައިވެސް ދެގޮތެއް ނުވެ ވާގިވެރިވެވަޑައިގަންނަވާ މީހެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އޮތް ހާލަތު ރައްޔިތުންނަށް އެނގޭނެކަމަށެވެ. ޑރ ވަހީދު ވިދާޅުވީ، ރާއްޖެއިން ނަގާފައިވާ ދަރަނީގެ އަދަދުތައްވަނީ އަތް ނުފޯރާ މިންވަރަށް މައްޗަށް ގޮސްފައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ނެގި ދަރަނީގެ އަދަދުތައް ކުރީގެ ސަރުކާރުތަކަށްވުރެ ބޮޑުކަމަށެވެ. އެމަނިކުފާނުވަނީ އެ އަދަދުތައް އިތުރުވެގެންގޮސްފައިވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. ރައީސް ވަހީދު ވިދާޅުވީ، އެ އަދަށް ދަރަނި ނަގާފައިވަނީ ނަހަމަ ގޮތުގައި ފައިސާއިން އެކި އެކި މީހުންނަށް ހޭދަކުރުމަށްކަމަށެވެ. އެމަނިކުފާނު ވަނީ އެ ނޫން ގޮތެއްގެ މަތިން ހަރަދުތައް މަތިވެގެންދާނެ ސަބަބެއް އޮތްތޯވެސް ސުވާލު އުފައްދަވާފައެވެ.

ރައީސް ވަހީދުވަނީ ބަދަލު ދިނުމުގެ ނަމުގައި ކުރި މަސައްކަތްތަކާއިމެދުވެސް ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ބަދަލުގެ ނަމުގައި ރަހުމަތްތެރިންނާއި ރައްޓެހިންނަށް ފައިސާ ބަހާލީކަމަށާއި ގައުމު ދަރަނިވެރިވެފައިވަނީ އެ ސަބަބަށްކަމަށްވެސް ފާހަގަކުރެއްވިއެވެ. ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިގޮސްދާނެ ފަދަ ނުރައްކާތަކަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގާސިމް އަދި އެހެނިހެން ކެންޑިޑޭޓުން ދައްކަވަމުންދާ ވާހަކަތައް އަޑުއިވިފައިވާނެކަމަށާއި އެ ވިދާޅުވާ ގޮތަށް ރާއްޖޭގެ ރައްޔިތުން ތިބީ ފުރިހަމަ މިނިވަންކަންމަތީ ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސާލިހުގެ ސަރުކާރަށް އިތުރަށް ވެރިކަން ކުރުމުގެ ފުރުސަތެއް ދެވެން ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ދެވަނަ ދައުރެއް ދީފި ހާލަތެއްގައި ދިވެހިން އަޅުވެތިވެގެންދާނެކަމަށާއި ރައްކައުތެރިކަން ކަށަވަރުކޮށް ސަލާމަތްވާންޖެހޭކަމަށް ވިދާޅުވަނީ އެ ސަބަބާއި ގުޅިގެންކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަލާއިރު، ގާސިމް ނޫން އިތުރު ޗޮއިސްއެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: