ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މުދަލުން ކަރުދާސް އަރިއެއްގައިވެސް ޖެހިފައި ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން އަމިއްލަ ބޭނުމުގައި ދައުލަތުގެ މުދަލެއްގެ ނުވަތަ ވަސީލަތެއްގެ އެއްވެސް ބޭނުމެއް ކުރައްވާފައިނުވާކަމަށް ޖޭޕީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއިން މީގެ ދުވަސްތަކެއް ކުރިން “ގާސިމްގެ ތަސައްވަރު 2023” ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ގާސިމްވަނީ އޭނާގެ ވެރިކަމެއްގެ ތަސައްވުރާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަމާނާތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ގާސިމްވަނީ އޭނާ ދައުލަތުގެ މަގާމެއްގައި ހުރެ ހިޔާނާތްތެރިވާންވީ ސަބަބެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ. ގާސިމް ވިދާޅުވީ، އޭނާވަނީ އެމްއެމްއޭގެ ގަވަނަރުކަމާއި ފިނޭންންސް މިނިސްޓްރީގެ ޓްރެޝަރާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުވެސް އަދާކުރައްވާފައިކަމަށެވެ. އެހެންނަމަވެސް އޭނާ އާއި ގުޅޭގޮތުން “ބޮޑު ލާރިއެއް” ގެ ވާހަކަތައްވެސް ދެކެވިފައިވޭތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ނުހައްގުން ޓެންޑަރެއް ދިނުން ފަދަ ވާހަކައެއް އަދި އެފަދަ އެހެން އެއްވެސް ވާހަކައެއްވެސް އޭނާ އާއި ގުޅުވައި އެއްވެސް ފަރާތަކަށް ދެކެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ކަން ކުރުމަށް މަސައްކަތްވެސް ކުރެވިފައިވާކަމަށެވެ. އެނާ ވިދާޅުވީ، އެކަން ނުކުރެވުނީ އޭނާ އާއި ގުޅޭގޮތުން ދެއްކޭނެ އެފަދަ ވާހަކައެއް ނެތުމުންކަމަށެވެ.

އޭނާ ވިދާޅުވީ، މަގާމެއްގައި ހުންނަވައިގެން އެ މުއައްސަސާއެއްގެ “ކަރުދާސް އަރިއެއްގެ” ބޭނުންވެސް ނަހަމަ ގޮތުގައި ކުރައްވާފައިނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އަދި އެމްއެމްއޭ ފަދަ މުއައްސަސާތަކުގައި މަސައްކަތްކުރެއްވިފައިވާއިރުވެސް އެއްވެސް އެފަދަ އަމަލެއް ހިނގައިވައި އަމިއްލަ މަންފާއެއް ހާސިލުކުރައްވާފައިނުވާކަމަށެވެ. ގާސިމް ވިދާޅުވީ، ގާނޫނުގައިވެސް އެކަން އޮންނަނީ އެގޮތުގެ މަތިން ކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެކަން އޮންނަންވާނެ ގޮތްކަމަށެވެ. އެގޮތުން ރައްޔިތުންގެ އަމާނާތެއް ހަވާލުކުރުމުން އޭގެން އަމިއްލަ ބޭނުމެއް ކުރެވިގެން ނުވާނެކަމަށް ގާސިމް އިޝާރާތްކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ފަރާތެއް ކޮށްދޭ އެއްވެސް ކަމަކީ ހެޔޮފުޅުކަމުން ކޮށްދެއްވާ ކަންކަން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަނީ އެކަންކަން ކުރެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ މަގާމުތައް ލިބިވަޑައިގަންނަވާ ކޮންމެ ފަރާތަކީވެސް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް އެ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތައްކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ކައިގެން ބޮއެގެން ހުރި މީހަކު ކުރާ ކަމެއް ކުރަނީ އޭނާގެ މޮޅުކަމެއްގެ ސަބަބުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ކަންކަން ކުރެވިގެންދަނީ ރައްޔިތުންގެ ފައިސާގެ ސަބަބުން އެކަމަށް މަގުފަހިވެގެންދިއުމުންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކީ އެ މީހެއްގެ މޮޅުކަމުން ކުރެވުން ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: