ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އިން މުއިއްޒައް ތާއިދެއް ނުކުރަން: ޕީޕީއެމް

ސުޕްރީމް ކޯޓު އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އިން ޕީއެންސީގެ ރިޔާސީ ޚެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒައް ތާއިދު ނުކުރާ  ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް އެންޑޯޒް ކޮށް ޕްލޭން ބީ އެއްގެ ގޮތުގައި ވުޖޫދު ކޮށްފައި ނުވާނެ ކަމަށެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވަނީ ބުނެފައެވެ. ޕީޕީއެމް އިން ބުނެފައި ވަނީ ޕްލޭން ބީ ނުވަތަ ސީ އަކަށް ދާން ވިސްނާނީ ޔާމީން އަށް ކުރިމަތިނުލެވޭ ހާލަތެއްގައި ކަމަށެވެ.

ނޫސްވެރިން މިކަމުގައި ފަތުރަމުން ދަނީ ދޮގު ހަބަރު ކަމަށްވެސް ޕީޕީއެމް އިންވަނީ ބުނެފައެވެ. އަދި ނޫސްވެރިން ހަބަރު ފަތުރަމުން ދާނަމަ އެ ހަބަރެއްގެ ހަގީގަތް ބަލައި ތެދު ހަބަރު ފެތުރުމަށް ވަނީ ގޮވާލާފައެވެ.

ޕީޕީއެމް އިން ބުނެފައި ވަނީ އެޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި ތަދައްހުލުވެ ވަކާލާތު ކުރަމުން ދަނީ ޔާމީން ކެންޑިޑެސީ ފޯމު ބަލައިގަނެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދެއްވުމަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމިން އަށް އެފުރުސަތު ގެއްލޭ ހާލެއްތެއްގައި ޕީޕީއެމް އިން އިތުރު ފަރާތަކު ނެރުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޕީއެމް އިން ބުނެފައި ވެއެވެ.

ޔާމީން ގެ ކެންޑީޑެސީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުގައި ރޭގައި ވަނީ ނިމިފައެވެ. ޔާމީންގެ ވަކީލުން އެދިފައިވަނީ ނިހާއީ ހުކުމެއް ނެތް ނަމަ އެމަނިކުފާނަށް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރައިސް ޔާމިންގެ ފޯމު ބަލައިނުގަނެ ބޭރު ކޮށްލައިފައިވާނީ އެމަނިކުފަނަށް 11 އަހަރުގެ ޖަލު ހުކުމެއއައިސްފާ ވާތީއެވެ. މީގެ އިތުރުން އެމަނިކުފާނު ދައްކަވަން ޖެހިވަޑައިގަންނަވާ ޖޫރިމަނާގެ ރިފިޔާ ނުދައްކާ އޮތުމުން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: