ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ރަނިންމޭޓުންގެ ލިސްޓުގެ ކުރީގައި ޑރ. ވަހީދާއި، ޑރ. ޝަހީމްގެ ނަން!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ޑރ. ވަހީދު އަދި ޑރ. ޝަހީމް / ފޮޓޯ: ވަގުތު އަދި މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނުވަތަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހޯމަ ދުވަހަށް ހަމަވާނެ އެވެ.

ބައެއް ކެންޑިޑޭޓުން މިއަދު އެބޭފުޅުންގެ ރަނިންމޭޓުން އިއުލާނު ކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ ރަނިންމޭޓު އިއުލާނު ކުރާނީ ފޯމު ހުށަހަޅާ ދުވަހު އެވެ. އަދި ރަނިންމޭޓަކަށް ޕާޓީން ބޭރުން ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްދާއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީ ޑރ. ވަހީދާއި ޑރ. ޝަހީމްގެ ނަމެވެ.

މި ޖުަބަރުތައް މީޑިއާތަކުގައި ދެކެވެމުންދާއިރު، އަދި މިހާތަނަށް ޖޭޕީން އެކަން ދޮގުކޮށްފައި ނުވެ އެވެ. އެކަމަކު ޑރ. ވަހީދު ވަނީ ގާސިމްގެ ރަނިންމޭޓަކަށް ހަމަޖެއްސިކަމުގެ ހަބަރުތައް ދޮގު ކުރައްވާފަ އެވެ.

އެނގިފައިވާގޮތުގައި ސިޔާސީ ކުރިމަގާއި ގުޅޭގޮތުން ޑރ. ޝަހީމް މާދަމާ ގޮތެއް ނިންމަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: