ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެށް އެދިފައެވެ.
ރައީސް ޔާމިންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ އީސީގެ ނިންމީ ރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ޔާމިންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ނިންމާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އަބްދުﷲ ޔާމިން އެދިވަޑައިގަނެފައި ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. އެެހެންކަމުން އެކަމަށް ބަހުސް ކުރުމަށް ޕީޕީއެމް ގެ ސެނެޓުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ޕީޕީއެމްގެ ސެނެޓަރުންނާއި އެހެން މެންބަރުންގެ ހިޔާލުތަފާތު ވުމަކާ ގުޅިގެން ޕީޕީއެމްގެ އޮފިސް ތެރޭގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ.
ޕީޕީއެމްގެ އޮފީހުގައި ހަމަނުޖެހުން ހިނގައިފައިވާތީ އެތަނަށް ސްޕެޝިއަލް އޮޕަރޭޝަންސް ފުލުހުން ވަނީ ގޮސް އަމާންކަން ގާއިމް ކުރުމަށް މަސައްކަތް ކޮށްފައެވެ. ޕީޕީއެމްގެ އޮފީސް މިހާރު ހުރީ ތަޅުލައިފައެވެ. ނަމަވެސް އޮފިސް ތެރޭގައި ޕާޓީގެ އިސް ލީޑަރުން ދަޏީ ހަރަކާތްތެރި ވަމުންނެވެ. ސެނެޓު ބައްދުލުމުން މިހާރުވަނީ މެދު ކަނޑާލާފައެވެ. ފަހުން މިބައްދަލުވުން ބާއްވާނެ ވަކި ވަގުތެއް އެނަގިފައެއްނުވެއެވެ.
ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓަކު ނެރުމަށް ވަނީ އެޕާޓީއިން ސުޕްރީމް ކޯޓުގައި އެދިފައެވެ. ނަމަވެސް ޕީއެންސީއިން ކުރިމަތިލައްވައިފައިވާ ކެންޑީޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ތައްޔާރަށެވެ.

