ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަކު ވަށައިގެން އެނބުރޭ އުސޫލް ޕީޕީއެމްއިން ދޫކޮށްލަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަކު ވަށައިގެން އެނބުރޭ އުސޫލު ދޫކޮށްލުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގޮވާލައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސާލިހު މިއަދު ދަތުރު ކުރައްވަމުން ގެންދަވަނީ ދ އަތޮޅަށެވެ. އެގޮތުން ދ މީދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު އެންމެ ފުރަތަމަ ފާހަގަކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނު ހުށައެޅި ކެނޑިޑޭސީ ވަނީ ބަލައިގަނެފައިވާކަމެވެ. އަދި އެއީ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގަތް ފޯމުކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ ހެޔޮ ފާލެއްކަމަށެވެ.

އަޅުގަނޑުމެން ދެއްކި މިނިމަމް ވޭޖު ކަނޑައަޅާ ވާހަކަ، އެމީހުން ބުނީ ތިކަމެއް ނުވާނެއޭ. ފެނާ ނަރުދާ ހުރިހާ ރަށެއްގައި އަޅާދޭނަމޭ ބުނިން. ބުނީ ނުވާނެއޭ. ކޮވިޑްގެ އާލަމީ ބޮޑު ވަބާ ކުރިމަތިވުމުން ބުނީ ކޮންޓްރޯލެއް ނުވާނެއޭ. މުޅި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މަރުވެގެންދާނެއޭ.

ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ގިނަ ވައުދުތަކެއް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާުގެ ކެމްޕެއިން ދުވަސްވަރު ވެފައިވާނެކަމަށާއި، އަދި މިކަންކަން ނުވާނެކަމަށް ބުނި މީހުން ތިބިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއާއި ހިލާފަށް ކޮވިޑުގެ ވަބާއިންވެސް ސަލާމަތްވެވިއްޖެކަމަށާއި، ބޯޑަރުތައް ހުޅުވާލާ، މިނިމަމް ވޭޖު އިއުލާންކޮށް، ސިވިލް ސަރވިސް މުވައްޒިފުންގެ މުސާރަވެސް ބޮޑުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް އަމާޒުކޮށް ރައީސް ވިދާޅުވީ އެބޭފުޅުން ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކެނޑިޑޭޓެއް ކަނޑަނޭޅި އޮތުމަކީ، އެ ޕާޓީގެ މެންބަރުންނަށާއި، މުޅި ދިވެހި ގައުމަށްވެސް ލިބިގެންދާ ދެރައެއްކަމަށެވެެ. ވަކި މީހެއް ފަހަތުގައި އެބުރޭ ސިޔާސީ ޕާޓީއަކަށް ޕީޕީއެމްވެއްޖެކަމަށާއި، އިންތިހާބު ބޮއިކޮޓު ކުރަން މަސައްކަތްކުރަނީ ވަކި މީހެއްގެ މަސްލަހަތަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޕީޕިއެމްއަށް ގޮވާލީ ވަކި މީހެއްގެ ފަހަތުގައި ނޭބުރި ކެނޑިޑޭޓަކު ނެރުމަށެވެ. އަދި ޕީޕީއެމްއަށް ތާއީދުކުރާ މެންބަރުން މަގުމަތި ނުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީއިންވެސް މި މަރުހަލާ ކަނޑަތުކުރެއްވިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ޕާޓީގެ ލީޑަރޝްޕްއިން ކުރި މަސައްކަތުން މިއަދު އެމްޑީޕީގައި އޮތް އެކަކުވަށާ އެބުރޭ އުސޫލު ނައްތާލެވި، ޕާޓީގެ ތެރޭގަައި ހަމަހަމަ ފުރުސަތުތަކެއް ގާއިމްކުރެއްވިއްޖެކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ޝައްކުކުރާނެ ފުރުސަތެއް މިހާރު ނެތްކަމަށާއި، އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށްވެސްް ރައީސް ވިދާޅުވިއެވެ. އިންތިހާބަށް ތައްޔާރުވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުރުގައި ކަންކަން ހިނގައިދިޔަ ގޮތާއި، މި ސަރުކާރާއި އަޅާ ކިޔަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުރުގައި ދުނިޔޭގެ އިގްތިސާދުވެސް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށާއި، އަދި ކަންކަންކުރާނެ ފުރުސަތު ފަހިވެފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޖުމްލަ ހިންގާފައިވަނީ 1096 ތަރައްގީގެ މަޝްރޫއުކަމަށާއި، މި ސަރުކާރުގައި ދިމާވި އެތައް ގޮން ޖެހުންތަކާއިއެކުވެސް އެއަށްވުރެ މާ ގިނަ މަޝްރޫއުތައް ހިންގާފައިވާކަމަށް ރައީށް ވިދާޅުވިއެވެ. އެއީ 2190 މަޝްރޫއުއެވެ. އަދި އޭރާއި ބަލާއިރު، އެމްޓީސީސީ ކުރިއަރާފައި އޮތް މިންވަރަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ އޭރު އޮތް ގޮތަށް ކަންކަން އޮތްނަމަ، ރާއްޖެ ތަރައްގީވާނީ 20، 30 އަހަރު ފަހުންކަމަށެވެ.

މީދޫއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީއޭއިިން އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާތީ، މީދޫއިން އެމަނިކުފާނަށް އޮތް ތާއީދު ފެނިގެންދާކަމަށެވެ. މިއީ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށާއި، އަދި މަސްވެރިކަންކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށް ވިދާޅުވިއެވެ. މަސްވެރިންގެ ގިނަ ޝަކުވާތަކެއް ރަށަށް އަރައިގެން އައި އިރު ލިބިފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެން ނެގުމާއި، މިފަދަ ދަތިތައް ހުރިކަން އެމަނިކުފާނާއި ހަމައަށް އައިސްފައިވާކަމަށެވެ. މަސްވެރިންނަށް ބޭނުންވާ ހައްލުތައް ގެނައުމަށް ސަރުކާރުން ރާވާނެ ސިޔާސަތުތައް މިރޭ ކުޑަ ހުވަދޫއަށް ކުރައްވާ ދަތުރުގައި ހާމަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މީދޫގެ ރައްޔިތުންނަށް، އެ ރަށޫގައި ހިއްކާފައި އޮތް ބިމުން ގޯތިދިނުމަށް ވައުދުވެވަޑައިގެންފައެވެ. އަދި މި ރަށުގެ ލޭންޑް ޔޫސް ޕްލޭންވެސް ވަރަށް އަވަހަށް އެޕްރޫވްވެގެންދާނެކަމަށެވެ. އަދި އެއަށްފަހު ކައުންސިލުން އިން ވަކިކޮށް، ބިން ދޫރާނެކަމަށް ވޮިދާޅުވިއެވެ. މި ސަރުކާރުން މީދޫގައި ރޯ ހައުސް އަޅުއްވައްދެއްވށނެކަމަށާއި، އަދި ރަށުގެ ބޮޑު ހުރިހާ މަގެއް ތަރައްގީކޮށްދެއްވާނެކަމަށާއި، ބޭންކިން ނިޒާމްވެސް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ސިއްހީ ނިޒާމު ފުޅާކުރުމަށްޓަކައި، ރަށުގެ ހެލްތް ސެންޓަރ ތަރައްގީކޮށްދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި އެހެންވެސް ަވއުދތައް ރައީސް ވަނީ މީދޫއަށް ވެވަޑައިގެންފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: