ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ލީޑަރުން ޖަލަށްލުމުން ކުރީ ސަރުކާރަށް ގައުމުތަކުން އެހީ ހޯދުމުގައި އޮތް ގޮންޖެހުންތައް މިހާރު ނެތް: ރައީސް ސާލިހު

ދ އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި، ނޫސްވެރިން ޖަލަށްލުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން އެހީ ހޯދަން އުނދަގޫވި ނަމަވެސް މިހާރު އެ ގޮންޖެހުން ނެތްކަމަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިން ރައީސް ސާލިހު ރަސްމީކޮށް ފެއްޓެވީ ށ ފޯކައިދޫގައެވެ. އެއަށްފަހު ގިނަ އަތޮޅުތަކުގެ އެކި ރަށްތަކަށް ވަޑައިގެންފައިވާއިރު، ރައީސް ސާލިހު މިއަދު ދ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި ވިދާޅުވީ މިރޭ ދ ކުޑަހުވަދޫގައި އޮންނަ ޖަލްސާގައި އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވާނެކަމަށެވެ.

އެއަށްފަހު ދ ބަނޑިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވިދާޅުވީ މި ރަށް އޮތީ އެމްޑީޕީގެ ކޯލިޝަނާއިއެކުކަމަށވެ. ވޯޓާއި ގުޅިގެން ހަދަމުންދާ ސަރވޭގައި ބަނޑިދޫ އޮތީ ބޮޑުކޮށް އެމްޑީޕީއާއިއެކުކަން ދައްކާކަމަށް ވިދާޅުވިއެވެ. އަދި މިކަން މިހެން އޮތީ މި ދާއިރާގެ މެންބަރު އެމްޑީއޭގެ ރައީސް މުހައްމަދު ސިޔާމް ރައްޔިތުންނަށްޓަކައި ހުރިހާ ދާއިރާއަކުން ކޮށްދެއްވާ މަސައްކަތުގެ ސަބަބުންްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ލަފާ ފުރުމުގެ ދާއިރާ ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން އަޅާފައިވަނީ 15 މަލްޓި ޕާޕޯސް ހޯލްކަމަށާއި، 105 ކްލާސްރޫމްކަމަށާއި، ނަމަވެސް މި ސަރުކާރުން ކޮވިޑް 19 ގެ ބަލިމަޑުކަމާއި އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު އޭގެ އެތައް ގުނައެއް އިތުރަށް މަސައްކަތްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 85 މަލްޓި ޕާޕޯސް ހޯލާއި، 1000 އަކަށްވުރެ ގިނަ ކްލާސްރޫމް އަޅައިދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ތެލުގެ އަގަށް އައި ބަދަލު އެޖަސްޓް ކުރުމަށްޓަކައިވެސް ސަރުކާރުން އެތަކެއް މަސައްކަތްތަކެއްްކޮށްފައިވާނެކަމަށާއި، އޭރު އެޅި ފިޔވަޅުތައް ނޭޅިނަމަ އަވަށްޓެރި ގައުމުތަކެކޭ އެއްފަދައިން ހާލުގައި ޖެހޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި ރައްޔިތުން ނިންމާނެ ނިންމުން އެމަނިކުފާނަށް ސާފުކަމަށާއި، ނަމަވެސް އޭރާއި މިހާރުގެ ތަފާތު ވިސްނަންޖެހޭކަމަށް ފާާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ އޭރު އިސްކުރީ އަނިޔާވެރިކަންކަމަށާއި، ދުނިޔެއާއި ގުޅުން ކަނޑާލާ ރާއްޖެ އެކަހެރިވިކަމަށާއި، އެހީތައް ލިބުމަށްވެސް އެތައް ހުރަހެއް އޮތްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބޭރުގެ ގައުމުތަކުން އެހީ ހޯދުމަށް އެތައް ދަތިތަކެއް އޮތްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މިކަންކަން ބަދަލުކޮށްފައިވާނެކަމަށެވެ.

އޭރު ގޮސް ބުނީމާ، އެ ވާހަކަދެއްކީމަ އަހަނީ ކޮބާހޭ މިވެނި ޕާޓީއެއްގެ ލީޑަރ، ކޮބާހޭ މިވެނި ނޫސްވެރިއެއް. ޖަލުގައެއްނުންހޭވީ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ބަނޑިދޫއަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ރައީސް ސާލިހު ވިދާޅުވީ، ސުކޫލުގެ ޖާގަ އިތުރުކޮށްދެއްވާނެކަމަށާއި، އިންޖީނުގޭގެ އާ އިމާރާތްވެސް އަޅުއްވައިދެއްވާނެކަމަށާއި، ކުނި މެނޭޖުކުރުމަށް ބޭނުންވާ ކަންކަންކުރާނެކަމަށެވެ. އަދި ބިން އިތުރުކޮށްދެއްވާނެކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ކައުންސިލަށް އައު އިމާރާތެއް އަޅުއްވައިދެއްވާ، މަގުތައް ތަރައްގީކޮށްދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

ބަނޑީދޫއާއި ކައިރީ އެއާޕޯޓެއް އެޅުމަށް ވިސްނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: